ads
ފޮޓޯ: އައްޑޫ ލައިވް
އަސާސީ ބޭހަށް ކަނޑައަަޅާ އެންމެ މަތީ އަގު ބޭސް ފިހާރަތަކުގެ ވެރިންނަށް ފޮނުވައިފި
މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގުކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނާއި ހިއްސާ ކޮށްފި އެވެ.
Advertisement

އެމްއާރްޕީ އަކީ ޑޮކްޓަރީ ބޭސް ވިއްކޭނެ އެން މެމަތީ އަގެވެ. މި ޕޮލިސީ ތަންފީޒް ކުރަންފެށުމުން، މި އަގަށްވުރެ ބޮޑުއަގުގައި ބޭސްވިއްކުމަކީ މަނާކަމެކެވެ.

ޑަކްޓަރީ ބޭހުގެ އެމްއާރްޕީ ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު އެންމެ މަތީ އަގުކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނާއި މިހާރު ހިއްސާ ކުރެވިފައިވާރު ހެލްތު މިނިސްޓްރީން ވަނީ އެ ބޭސްތަކުގެ އެމްއާރްޕީ ކަނޑައެޅުމުގެ ކުރިން، މިހާރު ކަނޑައަޅަފައިވާ އަގުތަކާ މެދު ފާމަސީ އަދި ބޭސް އެތެރެކުރާ ފަރަތްތަކުގެ ޝަކުވާ އެއް ވާނަމަ އެކަން ލިއުމުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މިގޮތަށް ހުށައެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ ކަނޑައެޅިފައިވާ ގަވާއިދުގެ މަތިންއެބަދަލެއް ގެންނާނެއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވީ މިހާރު ކަނޑައެޅިފައިވާ އެމްއާރްޕީ ކަލްލިއުލޭޓް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފްއޯބީ އަގަށް 100 އިންސައްތަ މާކަޕް އެއް ހިމަނައިގެން ކަމަށާއި މިގޮތަށް އިންވޮއިސްގެ އެފްއޯބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފައިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓާއިން ކަމަށެވެ. ފާއިތުވި ފަސްއަހަރުގެ އިމްޕޯޓް މައުލޫމާތު ނެގި ނަމަވެސް، ކޮވިޑްގެ ހާލަތަށް ރިއާޔަތް ކޮށް 2020 އަދި 2021 ގައި އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފްއޯބީ އަގު ނަގާފައި ވަނީ މި ދެއަހަރުގެ މައުލޫމާތަށް ބިނާކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޭހުގެ އެމްއާރުޕީ ނުވަތަ އެންމެ ދަށް އަގު ކަނޑައަޅާ ތަންފީޒު ކުރަން ފަށާނީ 2022 ވަނަ އަހަރުގެ ޖުލައި އެއްވަނަ ދުވަހުން ފެށިގެންނެވެ. ބޭހުގެ އެމްއާރުޕީ ކަނޑައެޅުމުން، މި ތާރީހުން ފެށިގެން އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެންމެހައި ބޭހާއި، އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހައި ބޭހެއް ވިއްކަންވާނީ، ކަނޑައަޅައިފައިވާ އެމްއާރުޕީ އަށްވުރެ ބޮޑު ނޫން އަގެއްގައެވެ. އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެންމެހައި ބޭހާއި، އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހައި ބޭހުގެ އެމްއާރުޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު، 15 ޖޫން 2022 ގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ވާނެ ކަމަށް މިކަމާއި ގުޅޭގޮތުން އާއްމުކުރި މިގަވާއިދުގައި ވެއެވެ. 

އެމްއާރުޕީ ކަނޑައެޅުމަށްފަހު، އެ އަގުތައް، ކޮންމެ ތިން އަހަރަކުން އެއް ފަހަރު މިނިސްޓްރީން މުރާޖާ ކުރަންވާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ބޭހުގެ އަގު ކޮންޓްރޯލު ކޮށްގެން ވިއްކުމުގެ އިތުރުން ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމްއާރްޕީ، ފާމަސީތަކުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަން ހުންނަންވާނެ ކަމަށް ގަވާއިދުގައި ވެއެވެ. 

އަންނައަހަރުގެ ޖެނުއަރީ 1ގައި ތަންފީޒް ކުރުމަށް ކަނޑައެޅިފައިވާ މި ޕޮލިސީ ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާރު އެމްއާރްޕީ ކަނޑައަޅަފައި ވަނީ މިވަގުތު އެމްއެފްޑީއޭއިން އެޕްރޫވް ކޮށްފައިވާ ދިވެހިރާއްޖޭގެ އަސާސި ބޭސް ލިސްޓަގައި ހިމެނޭ ހުރިހާ ބޭހެއްގެ ހުރިހާ ބްރޭންޑަކަށެވެ.

އޮފިޝަލް ވިދާޅުވީ މިސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށާއި އޭގެ ތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުން ކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއްބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވިގެން ދާނެ ކަަމަށެވެ.

މިސިޔާސަތުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަ ކުރެވިފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ ބޭސްސިޓީ އާ ނުލާ ވިއްކޭ ބައެއް އާދައިގެ ބޭސް ( އެއް ކުންފުންޔެއް، އެއް ސްޓްރެންތް، ޑޯޒް ) އެއް ތަފާތު އަގުތަކުގައި އެކި ފާމަސީތަކުން ވިއްކާފައިވާކަމެެވެ.

ފާމަސީތަކުގައި އެއް ބޭހެއް ވިއްކާފައިވާ އެކި އަގުތައް (ރުފިޔާއިން)

މާކެޓްގައި އެއް ބްރޭންޑެއްގެ، އެއް ބޭހެއް ވިއްކާ އަގު އެތައްގުނައަކުން ތަފާތުކަން ފާހަގަ ކުރެވެއެވެ. މިސާލެއްގެ ގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން ބޭނުންކުރާ އެއްބޭސް ކަމުގައިވާ "އިސެމެޕްރަޒޯލް" ޖެނެރިކް ގެ ބްރޭންޑެއް ކަމުގައިވާ "އިސޯޒް" ގެ އަގަށް ބަލާއިރު 3.25 ރުފިޔާ އިން ފެށިގެން ހަ ރުފިޔާ އާއި ހަމައަށް މާކެޓްގައި ބޭހުގެ އަގު ތަފާތު ހުރިކަން ފާހަގަ ކުރެވެއެވެ. ބޭސް ސިޓީއާއި ނުލާ ވިއްކޭ މިފަދަ ބޭހުގެ އަގުގެ ތަފާތު ބޮޑުވުމަކީ ބޭސްގަތުމަށް ރައްޔިތުމީހާގެ ޖީބުން ކުރަންޖެހޭ ހަރަދު އިރުތުވެގެންދާނެ ކަމެކެވެ.

ސަރުކާރުން ބުނީ އެމްއާރްޕީ ސިޔާސަތު ތަންފީޒްކޮށް ނިމޭއިރު ރާއްޖޭގެ އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް ވިއްކޭނެ އެންމެ މަތި އަގު ކަނޑައެޅިގެން ދާނެ ކަމަށެވެ.

"ބޭހުގެ އަގަށް އަންނާ ބަދާލާއިއެކު ބޭހުގެ ރައްކާތެރިކަމާއި ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަ މިވަގުތު އަގު ކަނޑައަޅާ ބޭސްތަކަކީ މިހާރުވެސް މަކެޓްގައި ހުރި ބޭސް މި ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހުރިހާ މަރުހަލާ ތަކެއް ފުރިހަމަ ކުރުމަށްފަހު. ބޭސް ޓެސްޓް ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ނެޝަނަލް ހެލްތް ލެބޯޓްރީ އަޕްގްރޭޑް ކުރުމުގެ ގިނަމަސައްކަތް ތަކެއް ކުރެވެމުންދޭ . އަދި މިހާރުވެސް 60 ވުރެ ގިނަ ޖެނެރިކް ޓެސްޓް ކުރެވޭ. މީގެ އިތުރުން މިވަގުތު ރާއްޖެއިން ނުކުރެވޭ ޓެސްޓް ތައް ކުރުމަށް ޓަކައި ސިންގަޕޯރ ގެ ލެބޯޓްރީ އަކަށް ސާމްޕަލް ފޮނުވައިގެ ޓޭސްޓް ކޮށް ބޭހުގެ ކޮލިޓީ މޮނިޓަރ ކުރެވެމުންދޭ " ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އަދި މުސްތަގުބަލުގައި ވެސް ރައްޖޭއަށް ބޭސް އެތެރެކުރެވޭނީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހުގައި ކަަމަށް އޭނާ ވިދާޅުވިއެވެ.

ބޭހުގެ އެންމެ މަތީ އަގު ކަނޑައެޅުމުން ގަވާއިދާއި ހިލާފުވެއްޖެނަމަ އަޅާ ފިޔަވަޅު:

  • ފުރަތަމަ ފަހަރު 10،000 ރުފިޔާއިން އެ ތަނެއް ޖޫރިމަނާ ކުރުން
  • ދެވަނަ ފަހަރު 10،000 ރުފިޔާއާއި 50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާ ކުރުން
  • ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000(ފަންސާސްހާސް) ރުފިޔާއިން އާއި 100،000 (އެއްލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ތަނެއް ޖޫރިމަނާ ކުރުން

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް