ads
ޖޫހީ އާއި އޭނާގެ ދެ ދަރިން--
ޖޫހީގެ ދަރިފުޅުގެ އެހީއެއް އަލިފާނުގައި ހާލުގައި ޖެހުނު މީހުންނަށް
އޮސްޓްރޭލިއާގެ ޖަންގަލީގެ ރޯވެ ފެތުރުނު އަލިފާނުގައި ލިބުނު ގެއްލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބަތަލާ ޖޫހީ ޗަވްލާގެ ދަރިފުޅުގެ ޕޮކެޓް މަނީ އެމީހުންނަށް ހަދިޔާކޮށްފި އެވެ.
އޮސްޓްރޭލިއާގެ ޖަންގަލީގެ ރޯވެ ފެތުރުނު އަލިފާނުގައި ލިބުނު ގެއްލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބަތަލާ ޖޫހީ ޗަވްލާގެ ދަރިފުޅުގެ ޕޮކެޓް މަނީ އެމީހުންނަށް ހަދިޔާކޮށްފި އެވެ.

ޖޫހީގެ ފިރިހެން ދަރިފުޅު މިވަނީ އޭނާއަށް ޕޮކެޓް މަނީގެ ގޮތުގައި ލިބެމުން އައީ ފައިސާތައް އެ އަލިފާނުގައި ގެއްލުންވި މީހުންނަށް އެހީއެއްގެ ގޮތުގައި ދޭން ނިންމާފަ އެވެ. އެކަން ޖޫހީ އާންމުކޮށް ވަނީ ދަރިފުޅަށްޓަކައި ފަހުރުވެރިވާ ކަމަށް ބުނެފަ އެވެ.

އުމުރުން 16 އަހަރުގެ އެކުއްޖާ އެއްކޮށްފައިވަނީ 28000 އެއްހާ ރުޕީސް އެވެ. އެގޮތުން މިހާރު އެ ފައިސާ އެކަމާއި ގުޅޭ އިދާރާތަކާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ވެއެވެ.

އޮސްޓްރޭލިޔާގެ ޖަންގަލީގައި ރޯވެ ފެތުރުނު އަލިފާނުގެ ސަބަބުން 25 މީހެއްގެ ފުރާނަ ގެއްލި 10 ހެކްޓަރުގެ ސަރަހައްދެއް އަނދައިގެން ގޮސްފައިވެ އެވެ. އަދި އަލިފާނުގެ ސަބަބުން ހަމައެކަނި ސައުތު ވޭލްސް ސަރަހައްދުން ވެސް ބައި މިލިއަނަށްވުރެ ގިނަ ޖަނަވާރު މަރުވެ ގޮސްފައިވާ ކަމަށް ވެއެވެ.

ޖޫހީގެ ފިރިހެން ދަރިފުޅު މިހާރު ކިޔަވަމުން އަންނަނީ ޔޫކޭގަ އެވެ. އެ ކުއްޖާގެ އިތުރުން ޖާންވީ ނަމަކަށް ކިޔާ އަންހެން ކުއްޖަކު ވެސް ޖޫހީގެ ހުރެ އެވެ.




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް