ads
ފޮޓޯ: އިންސްޓަގްރާމް
ޝިފާ ސިންގަލް، ބައިވެރިޔާގެ ގައިގާ ހުންނަން ޖެހޭނެ ސިފަތަކަކީ މިއީ
ޓިކްޓޮކްގެ ތެރެއިން ކުޑައިރު އެންމެ ކުރާހިތްވި "އެކްޓިން"ގެ ތެރެއަށްވެސް ވަދެވި، ރާއްޖޭގެ ފިލްމީ ބޮޑެތި ޑައިރެކްޓަރުންގެ ކަޅިތައްވެސް އަމާޒުވި ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާޒާ(ޝިފާ) އަކީ މިހާރު އާއްމުންގެ ދޫތަކަށް އާ ނަމެެއް ނޫނެވެ.

އޭނާގެ ވާހަކަތައް މިފަހަކުން އަނެެއްކާވެސް ދެކެވެން ފަށާފައިވަނީ އާ ފެށުމަކުން ފަށަނީކަމަށް ބުނެ ދެވަނަ ފަހަރަށް ބުރުގާ އެޅުމަށްފަހު ދުވަސްކޮޅެއްފަހުން އަނެއްކާވެސް ދެވަނަ ފަހަރަށް ބުރުގާ ބޭލުމާއި ގުޅިގެންނެވެ.

ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވާ ޝިފާ މިފަހަކުން ދިވެހި ޗެނަލުގެ ލޯބިލޯބިން ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާގެ ލޯބީގެ ދިރިއުޅުމާއި ބެހޭގޮތުން ވާހަކަދައްކާފައެވެ.

ޝިފާ ގާތުގައި ސިންގަލް ތޯ އެހެމުން އޭނާ ބުނީ ސިންގަލް ކަމަށެވެ. 

“އަނެއްހެން މީހަކާއި ރައްޓެހި ނުވަންޏާ ބުނާނީ ސިންގަލް އޭ ދޯ؟އެހެންވީމަ ސިންގަލް އަދި” ޝިފާ ބުންޏެވެ.

ޝިފާ އިހްތިޔާރު ކުރާ ބައިވެރިއެެއްގެ ގައިގާ ހުންނަން ޖެހޭނެ ސިފަތައްވެސް އޭނާ ވަނީ ކިޔާދީފައެވެ. 

އެގޮތުން ފުރަތަމަ ކަމަކަށްވެސް އެމީހަކީ އެހެން މީހުންނަށް ހިތް ހެޔޮ މީހަކަށް ވާންޖެހޭނެ ކަަމަށް އޭނާ ބުންޏެވެ. ޝިފާ ބުނީ މީހުންނާއި ވާހަކަދައްކާއިރު މީހުންނާއި ދޭތެރޭ ތަފާތުކުރުން ބޮޑުކުރަންޏާ އެއީ ޝިފާއަށް އެހާ ކަމުދާ ސިފައެއް ނޫންކަމަށެވެ.

“އެއީ ޝިފާއަށް ކަމު ނުދަނީ ވަކި މީހަކީ ވަކި ލެވެލެއްގެ މީހެކޭ ބުނާ މީހަކު ވަކި ހިސާބަކުން ޝިފާއާއި ދިމާލަށްވެސް އެގޮތަށް ބުނާނެ. އެއީ ޝިފާ ގަބޫލުކުރާގޮތް.” ޝިފާ ބުންޏެވެ.

ދެވަނަ ކަމަށް ޝިފާ ފާހަގަކުރީ އެމީހަކީ ތެދުވެރި މީހަކަށް ވާންވާނެ ކަމެެވެ. ދެން ޝިފާއަށް އިހްތިރާމުކުރުމާއި، އެމީހަކީ އެހާ ފޮނި މީހަކަށްވެސް ވެގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ޝިފާ ބުނީ ޝިފާވެސް އެހެންމީހުންނާއި ވާހަކަދައްކާ ގޮތަށް އޭނަވެސް އެހެން މީހުންނާއި، “ލޯބިކޮށް، ސުވީޓުކޮށް ޑީލްކުރެވެންޖެހޭނެ” ކަމަށެވެ. ޝިފާ ބުނީ ޝިފާއެއް ފޮންޏެެއް ނުވާނެ ކަމަށެވެ.

ވަކި މީހަކީ ވަކި ލެވެލެއްގެ މީހެކޭ ބުނާ މީހަކު ބައިވެރިއެއްގެ ގޮތުގައި ކަމު ނުދާކަމަށް ޝިފާ ބުނިއިރު، މިފަހަކުން “ޝިފާއަކީ ލައްކައަކުން އެކެއް“ ކަމަށް މަޝްހޫރު ފިލްމީތަރި މުހައްމަދު މަނިކުއާއި ދިމާލަށް ބުނެ އެއްޗެހި ކިޔުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ޝިފާއަށް އަމާޒުވިއެވެ.

އެއީ ރިއާލަޓީ ޝޯއެއްގެ ތެރެއިން “މީހަކު އެއްޗެއް ބުނާއިރަށް ޝިފާ ހައިޕާވާތީ ޝިފާ އަކީ މާ މަތީގަ އުޅޭ މީހެކޭ” މަނިކު ބުނެގެންނެވެ. އެކަމަށް ޝިފާ ބުނީ އޭނާއަކީ އެފެންވަރު ހުރި މީހެއް ކަމަށާއި، މަތީގައި އުޅެނީ އެހެންވެކަމަށާއި އޭނާއަކީ ލައްކައިން އެކަތިކަމަށްވެސް ބުނެފައިވެއެވެ. އެކަން އޭނާއަށް ޔަގީންވާ ކަމަށްވެސް ބުނެފައިވެެއެވެ. 

ނަމަވެސް ލޯބިލޯބިން ޕްރޮގްރާމުގައި އޭނާ ބުނީ އޭނާ ވާހަކަ ދައްކާހެން ލޯބިން އަދި ސްވީޓުކޮށް ފޮނިނުވެ، އެހެންމީހުން ދަށްކޮށް ނުލާ އޭނާގެ ބައިވެރިޔާއަށްވެސް ވާހަކަދެއްކެން ޖެހޭނެކަމަށާއި، އެހެން ނޫނީ އޭނާ ގަޔާ ނުވާ ކަމަށެވެ.

މި ޕްރޮގްރާމް ތެރެއިން ޝިފާ ވަނީ ކައިވެންޏެއް ދެމެހެއްޓޭނެ ގޮތްވެސް ހިއްސާކޮށްފައެވެ. އެގޮތުން އެކަކު އަނެކަކަށް އިތުބާރުކުރުމާއި، އަނެކަކަށް އިހްތިރާމު ކުރަންޖެހޭނެކަމަށް ޝިފާ ބުންޏެވެ. 

އަދި އަންހެން ކުއްޖާ ފިރިމީހާގެ ބަސް އަހަންވާނެކަން ފާހަގަކުރަމުން އޭނާ ބުނީ އެއީ ދީނުގައިވެސް އެކަން އޮންނަ ގޮތްކަމަށެވެ. އަދި އެކަން އޮންނަ ގޮތަށް އުޅުމުން ކިތަންމެ ދުވަހަކުވެސް އުޅެވޭނެ ކަމަށް އޭނާ ބުންޏެވެ.

19%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް