ads
މާޅެންދޫ -- ޓޯ:ސޯޝަލް މީޑިއާ
ޑްރަގާއެކު ހައްޔަރު ކުރި ޕްރިންސިޕަލް ސަސްޕެންޑުކޮށްފި
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ނ. މާޅެންދޫ ޕްރިންސިޕަލް ޔޫސުފް އާދަމް ސަސްޕެންޑުކޮށްފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިދާޅުވީ މާޅެންދޫ ސްކޫލުގެ ޕްރިންސިޕަލް މިއަދުން ފެށިގެން 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފަސް ގުރާމުގެ މަސްތުވާތަކެއްޗާއެކު ޔޫސުފް ހައްޔަރުކޮށްފައިވަނީ ޖެނުއަރީ 14 ވަނަ ދުވަހު އެވެ. އޭނާ ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް، އިއްޔެ ނ. އަތޮޅު ހެނބަދޫ ކޯޓަށް ގެންދިއުމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ލޯންޗަކުން އެރަށަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށެވެ. ޔޫސުފް މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަތާ މިހާރު ތިން އަހަރު ވެއްޖެ އެވެ.

މީގެ ކުރިން ޔޫސުފްގެ ފަރާތުން އެފަދަ އަމަލެއް ފެނިފައިނުވާކަމަށް ރަށުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް