ads
ޔުނައިޓެޑުގެ އާ ކޯޗު ރަންގްނިކް
ޔުނައިޓެޑުގެ އިންޓަރިމް ކޯޗަކަށް ރެންގްނިކް
މެންޗެސްޓަރ ޔުނައިޓެޑްގެ އިންޓަރިމް ކޯޗުގެ މަގާމަށް، ޖަރުމަނުވިލާތުގެ ރަލްފް ރަންގްނިކް އައްޔަންކޮށްފިއެވެ.

ޖަރުމަންވިލާތުގެ ރަންގްނިކްއާ އެކު ޔުނައިޓެޑުން އެއްބަސްވެފައިވަނީ ސީޒަނުގެ ބާކީ ބަޔަށެވެ. އެއީ ގާތްގަނޑަކަށް ހަ މަސް ދުވަހެވެ. ރަންގްނިކްއަކީ ކުރިން ޝާލްކާ އާއި އާރްބީ ލައިޕްޒިގަށް ކޯޗުކޮށްދިންދީފައިވާ ތަޖުރިބާކާރެކެވެ. އޭނާ މި މަގާމަށް އައްޔަންކޮށްފައިވަނީ، ހުސްވި ހަފުތާ ތެރޭ ޔުނައިޓެޑުން ލީގުގައި ވަޓްފޯޑް އަތްދަށުވި މެޗަށް ފަހު ސޯލްޝެއާ ވަކިކުރުމަށް ފަހުއެވެ.

ސޯލްޝެއާ ވަކިކުރުމަށް ފަހު ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗާއި ރޭ ލީގުގައި ކުޅުނު މެޗުގައި ޔުނައިޓެޑަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު މައިކަލް ކެރިކް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް