ads
ދޮންގޮއްޔަ އިން އުފައްދާފައިވާ ބައެއް ތަކެތި ފޮޓޯ: ސަންއޮންލައިން
" ދޮންގޮއްޔެ " ބްރޭންޑްގެ ކާބޯތަކެތި ބޭނުންކުރުން މަނާކޮށްފި
"ދޮންގޮއްޔެ" ބްރޭންޑްގެ ކާބޯތަކެތި އުފައްދަމުން އަންނަ ތަނަކީ ވަރަށް ނުތާހިރު ތަނެއް ކަމަށާއި އެތަނުން އުފައްދާ އެެއްޗެހި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ.

އެމްއެފްޑީއޭ އިން އާންމުކުރި ބަޔާނެއްގައި ބުނީ އެ ބްރޭންޑުގެ ތަކެތި އުފައްދަމުން އަންނަ ތަނާ ގުޅިގެން ލިބުނު ޝަކުވާއަކާ އެކު، އެ ބްރޭންޑްގެ ކާބޯތަކެތި އުފައްދަމުން އަންނަ ތަން އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ، އެ އިންސްޕެކްޝަނުގައި ތަނުގެ ސާފުތާހިރުކަން ވަރަށް ދަށްކަން ވަނީ ފާހަގަކުރެވިފަ އެވެ. 

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެހާ ނުތާހިރުކޮށް ބަހައްޓައިގެން އެތަނުން އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުންކުރުމުގެ ސަބަބުން އާންމު ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ކާބޯތަކެތީގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. 

އެހެންވެ، މިހާތަނަށް ބާޒާރަށް ނެރެފައި ހުރި އެ ބްރޭންޑްގެ އުފައްދެންތައް ވިއްކުން މަނާކޮށް، އެމްއެފްޑީއޭ އިން އަންގާފައި ވަނީ އެތަކެތި ބޭނުން ނުކުރުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް