ads
ކުރިން ހީކުރެވިފައިވާ ގޮތުގައި ނެދަލޭންޑަށް އޮމިކްރޯން ގޮސްފައިވަނީ އެފްރިކާއިން
ކުރިން ހީކުރެވުނު ވަރަށްވުރެ ކުރިން ޔޫރަޕުން އޮމިކްރޯން ވަނީ ފެނިފައި
ކުރިން ހީކުރެވުނު ވަރަށްވުރެ ކުރިން ކޮވިޑް 19ގެ އާ ވޭރިއަންޓް އޮމިކްރޯން ނެދަލޭންޑުން ފެނިފައިވާކަމަށް އޮފިޝަލުން ބުނެފިއެވެ.

އެކަން ފާހަގަ ވެފައިވަނީ  އެގައުމުގައި ، މި ނޮވެމްބަރު މަހު 19 އާ 23 އާ ދެމެދު ނެގި ދެ ޓެސްޓު ސާމްޕަލަކުންނެވެ. އޭރު ސައުތު އެފްރިކާއިން އޮމިކްރޯން ފެނުނު ކަމަށް ރިޕޯޓެއް ނުކުރެއެވެ. 

އެޓެސްޓުތައް ހެދި މީހުން އެފްރިކާއަށް ދަތުރު ކުރި ކަމެއް ސާފެއް ނުވެއެވެ. 

ކުރިން ގަބޫލު ކުރެވިފައިވަނީ އެގައުމަށް އޮމިކްރޯން އެތެރެވެފައިވަނީ އާދީއްތަދުވަހު އެފްރިކާއިން އެގައުމަށް ދަތުރުކުރި ފްލައިޓަކުން ކަމަށެވެ.

އެގައުމުގެ ވެރިރަށް އެމްސްޓަޑަމްއަށް ދަތުރުކުރި، ކޮވިޑް ޖެހިފައިވާ 60 މީހުންގެތެރެއިން 14 މީހުން އޮމިކްރޯން ވޭރިއަންޓަށް އަށް ޕޮޒިޓިވް ވެފައިވެއެވެ.

ޑަބްލިއު އެޗްއޯއިން ބުނާ ގޮތުގައި އޮމިކްރޯން އެގައުމުން ފުރަތަމަ ފެނިފައިވަނީ ނޮވެމްބަރު 9 ވަނަދުވަހު ނެގުނު ސާމްޕަލް ތަކަކުންނެވެ. ނެދަލޭންޑުން ފެނުނު ދެސާންޕަލް ޕޮޒިޓިވް ވެފައިވީނަމަވެސް ސައުތު އެފްރިކާގެ ކޭސްތަކަށޤވުރެ ކުރިން އެގައުމުން ފެނިފައިވާ ކަމަށް ނުދައްކައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް