ads
އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓަރާ މަރިޔަމް ވިސާމް--
އަހަރީ ފީ ނުދައްކައިގެން ގިނަ ކުންފުނިތަކެއް، އުވާލަނީ!
ޗެނެލް 13 ހިމެނޭހެން 3967 ކުންފުއްޏެއް އުވާލަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ކުންފުނިތައް އުވާލުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދެވަނަ މާއްދާގެ ދަށުން އަހަރީ ފީ ދައްކާފައި ނުވާ ކުންފުނިތައް އުވާލަން ނިންމާފައި ވާކަށެވެ. އެގޮތުން 3967 ކުންފުއްޏެއް ވަނީ އުވާލަން ނިމާފައެވެ.

އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޗެނެލް 13 ހިންގާ މީޑިއާ ރިންގް ޕްރއިވެޓް ލިމިޓެޑާއި ހަވީރު މީޑިއާ ގުރޫޕް އާއި، ދި އެފް އެމް އާއި ، މޯލްޑިވްސް މީޑިއާ ކުންފުއްޏާއި، ރައްޔިތުން މަޖްލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނީގެ އިތުރުން، އާރް އައި އެކްސް އިމެނެއެވެ.

އިކޮނޮނިކް މިނިސްޓްރީން ކުރި މި އިއުލާނުގައި ބުނެފައިވަނީ، މި ލިސްޓުގައި ހިމެނިފައިވާ އެއްވެސް ކުންފުއްޏެއް ހިންގަން ބޭނުން ވާ ނަމަ، ކުންފުނި ތަކުން ފުރިހަމްކުރަން ޖެހޭ އެންމެހާ އިލްތިޒާމްތައް ފުރިހަމަ ކުރުމަށް ފަހު، ޖެނުއެރީ 31 ގެ ކުރިން ލިޔެކިޔުން ތައް، މިނިސްޓްރީގެ ޕޯޓްލް މެދުވެރިކޮށް ހުށައެޅުމަށް އެދޭ ކަމަށެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް