ads
ފޮޓޯ: ޕޮލިސް
އަންހެނަކު ގާތައް މީހަކު ވަދެ އޮއްވާ ލޯބިވެރިޔާ ވަޅިން ބިރު ދައްކައިފި
ހަށިވިއްކާ އަންހެނަކު އެހެން މީހަކާއެކު އޮއްވާ، އަންހެންމީހާގެ ލޯބިވެރިޔާ އެތަނަށް ވަދެ ވަޅިން ބިރު ދައްކައިފިއެވެ.

އެތަނަށް ވަޅި ހިފައިގެން ވަދެފައިވަނީ ލޯބިވެރިޔާއާއި އޭނާގެ ރައްޓެއްސެކެވެ.އެމީހުން ވަނީ އެތަނަށް ވަދެ ވަދެ ބިރު ދެއްކުމަށްފަހު ފަހު 12،000ރ. ފޭރިގަނެފައެވެ.

ފުލުހުންނާ ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވާ ގޮތުގައި މިމައްސަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންނަކީ އުމުރުން 20 އަހަރުގެ އަންހެން މީހާއާއި،  އޭނާގެ 31 އަހަރުގެ ލޯބިވެރިޔާގެ އިތުރުން މި މީހުންނާ ގުޅުން އޮންނަ 35 އަހަރުގެ އެހެން ފިރިހެނެކެވެ. 

މިމީހުންގެމައްޗަށް ފުލުހުން ވަނީ ބިރު ދެއްކުމާއު ފޭރުމާއި ޖެހުމުގެ ތުހުމަތު ކޮށްފައެވެ. 

ފުލުހުން ވަނީ އެމީހުންގެ މައްޗަށް މިއީ ރާވައިގެން ފޭރިގެންފައިވާ ފައިސާ ކަމަށް ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް އެތިން މީހުންވެސް އެކަމަށް އިންކާރު ކުރެއެވެ. އެތިންމީހުން ބުނާ ގޮތުގައި އަނިޔާ ލިބުނީ ފުލުހަކަށެވެ.

އަންހެން މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރު ކުރުމުން އަންހެން މީހާ ބުނެފައިވަނީ އޭނާ ކައިރިއަށް ދިޔަ މީހާ ދިޔައީ ޖިންސީ ގުޅުން ހިންގަން ކަމަށާއި، އެކަމަށް 1000 ރުފިޔާ ދޭންވެސް އޭނާ އެއްބަސް ވެފައިވާ ކަމަށެވެ.

އަދި އެހާދިސާ ހިނގީ އެދެމީހުން އެއްކޮށް ތިއްބާ ލޯބިވެރިޔާއަށް އެނގުމުން ކަމަށްވެސް އަންހެން މީހާ ބުނެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް