ads
އޭސީސީ --
އޭސީސީ އަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައި ވަނީ އެ ކޮމިޝަނުގެ މެންބަރަކު ޢިސްތިޢުފާ ހުށަހަޅުއްވާފައި ވާތީއެވެ. އަދި މި ފުރުސަތު ހުޅުއްވާލައްވާފައި ވަނީ، މިއަދުން ފެށިގެން 16 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 ޑިސެންބަރު 15 އަދި 16 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv/Downloads/dv/47 އިން ފޯރމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް