ads
ހުނަވަރު ޕްރޮގްރާމްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫތު މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން ހުނަވަރު ޕްރޮގްރާމް ފަށައިފި
ކޮންމެ ބައިވެރިއަކަށް 3000ރުފިޔާ ލިބޭ ގޮތަށް އެމްޓީސީސީ ގެ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕޮރޮގްރާމް މިއަދު ފައްޓައިފި އެވެ.
Advertisement

ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ފެށުމަށްޓަކައި އެމްޓީސީސީ އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓާއި ދެމެދު މިއަދުވަނީ އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުން ތަންފީޒް ކުރެވޭނީ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް " މެދުވެރިކޮށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން (ޓިވެޓް) އޮތޯރިޓީންނެވެ.

ހުނަވަރު ޕޮރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައި ވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕޮރޮގްރާމެކެވެ. ހުނަވަރު ޕޮރޮގްރާމްގެ މަގްސަދަކީ ތަމްރީނާއި ތަޖްރިބާ ލިބިފައިވާ މަސައްކަތްތެރިންނަށް އެމްޓީސީސީގެ އެކި ވަޒީފާތަކަށް ފުރުސަތު ހޯދައިދިނުމެވެ.

your imageހުނަވަރު ޕްރޮގްރާމް ފެށުން

ހުނަވަރު ޕްރޮގުރާމް ދެބަޔަކަށް ބެހިގެން ދާއިރު، ހުނަވަރު ލައިސެންސިން ޕޮރޮގުރާމާއި، ހުނަވަރު ޓެކްނިކަލް ސްކިލްސް ޕޮރޮގްރާމް ހިމެނެއެވެ. 

މި ޕޮރޮގުރާމްގެ ދަށުން  ކޮންމެ ބައިވެރިއަކުވެސް ހަމަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވޭނެއެވެ. ނަމަވެސް ހުނަވަރު ޓެކްނިކަލް ސްކިލްސް ޕޮރޮގްރާމް ކުރިއަށް ގެންދެވޭނީ މިއަހަރުންފެށިގެން ތިން އަހަރުގެ މުއްދަތަށް، ފިޔަވަހި ތަކަށް ބަހާލައިގެން  ކަމަށް، އެމްޓީސީސީން ބުނެއެވެ. އަދި ތިން އަހަރު ތެރޭގައި 100 މީހުން ތަމްރީން ކުރެވޭނެ ކަމަށާއި، މި އަހަރު ނިމޭއިރު 30 މީހުން ތަމްރީން ވެގެން ދާނެ ކަމަށް ވެސް އެމްޓީސީސިީން ބުނެއެވެ.

މި ޕްރޮގްރާމްގެ ދަށުން، ވެލްޑިންގް، ޕްލަމްބިން، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓެރެކްޝަން ސައިޓް ސްޕަވައިޒް ކުރުން ފަދަ ދާއިރާތަކުން މީހުން ތަމްރީން ކުރެވިގެން ދާނެއެވެ. 

މި ޕްރޮގުރާމްގެ ބައިވެިންނަށް، 3000 ރުފިއާގެ އެލެވެންސެއް ކޮންމެ މަހަކު ލިބޭނެއެވެ. މީގެ އިތުރުން ވޯކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސައި ދެވޭނެއެވެ. 

ރާއްޖޭގެ ދެކުނަށް އަމާޒްކޮށްގެން މިއަހަރު ޖެނުއެރީ މަހުން ފެށިގެން ކުރިއަށްދާ "ހުނަވަރު ލައިސެންސިން ޕޮރޮގުރާމް ދަށުން "  23 މީހުން ޝޯޓް ލިސްޓް ކުރެވި، 15 މީހުންނަށް ވަނީ ޕްރޮގުރާމް ފަށާފައެވެ. އަދި މީގެ ތެރެއިން 13 މީހަކު ޕްރޮގްރާމް ފުރިހަމަކޮށް، އެމްޓީސީސީގެ އެކްސް ކަވޭޓަރު އްޕަރޭޓަރުންގެ ގޮތުގައި އަންނަނީ ވަޒިފާ އަދާ ކުރަމުންނެވެ. އަދި މިފަރާތްތައްް މަސައްކަތް ކުރަމުން ދަނީ ކުންފުނީގެ އެކި ސައިޓް ތަކުގައި ކަމަށްވެސް އެމްޓީސީސީން ފާހަގަ ކޮށްފައިވެއެވެ.     

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް