ads
ނިމިދިޔަ އަހަރު މައުލޫމާތު ހޯދުމަށް 300 އަށްވުރެ ގިނަފަރާތުން ހުށަހެޅި: ޕީޖީ
ނިމިދިޔަ 2019 ވަނަ އަހަރު މައުލޫމާތު ހޯދުމަށް 300 އަށްވުރެ ގިނަ ފަރާތްތަކުން އެ އޮފީހަށް ފޯމު ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފަައިވަނީ، ޖުމުލަ 316 ފަރާތަކުން މައުލޫމާތު ހޯދުމަށް އެދި ފޯމް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 307 ފަރާތަކަށް ޖަވާބު ދީފައިވާކަމަށެވެ. 

އަދި ބާކީ އޮތް ނުވަ ހުށަހެޅުމަށް އަހަރު ނިމުނު އިރު ޖަވާބު ދެވިފައިނުވަނީ އެ ހުށަހެޅުންތައް 30 ޑިސެމްބަރުގައި ހުށަހަޅާފައި ހުރުމުންކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް