ads
ފޮޓޯ: އެމްއެންޑީއެފް
ކަނޑުވެފައި ތިބި 4 މީހަކު ސަލާމަތްކޮށްފި
ކަނޑުވެފައި ތިބި ހަތަރު މީހަކު ސަލާމަތް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، ހަތަރު މީހުންނާއި އެކު ދަތުރުކުރި އުޅަނދެއް ކ. އިތާފުށި ކައިރިޔަށް އަޑިޔަށް ދިޔަ ކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށެވެ. 

އެ އުޅަނދަކީ 40 ފޫޓުގެ ކުޑަ ދޯންޏެއްކަމަށާއި، އެ މީހުން ކަނޑުވެފައި ތިއްބާ އެ ސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ފެނިގެން އެމީހުން ނަގާފައިވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. 

އަދި އެ ހަތަރު މީހުންގެ ހާލުވެސް ރަނގަޅުކަމަށް މައުލޫމާތުލިބެއެވެ. 

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް