ads
މިއަދު ފެށި ސިމްޕޯސިއަމްގެ ތެރެއިން---ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ސިނާއީ ދާއިރާއާ ގުޅޭ ސިމްޕޯސިއަމް އެއް ފަށައިފި
"ސިމްޕޯސިއަމް އޮން ކޮންސްޓްރަކްޝަން އޮޕޮޗުނިޓީސް އެންޑް ފެސިލިޓޭޝަން”ގެ ނަމުގައި ޕްލޭނިން މިނިސްޓްރީއާއި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަންއާ ގުޅިގެން ސިމްޕޯސިއަމް ފެށައިފިއެވެ.

އެ ސިމްޕޯސިއަމް އަކީ 2020 ވަނަ އަހަރަށް ސަރުކާރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ކޮންޓްރެކްޓާސްއަށް ފޯރުކޮށްދިނުމެވެ.

އޭގެ އިތުރުން އެ ސިމްޕޯސިއަމްގައި މިނިސްޓްރީގެ ޕްރޮކިއުމަންޓް ޕްލޭން 2020 ވަނީ އިފްތިތާހުކޮށްފައެވެ. އަދި ކޮންޓްރެކްޓާސް ރަޖިސްޓްރޭޝަންއާ ގުޅޭ މައުލޫމާތުވެސް ވަނީ ފޯރުކޮށްދީފައެވެ.

މި ސިމްޕޯސިއަމްގައި ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ޓެންޑާ މަރުހަލާ ނިމިފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އަދި ޑިޒައިން އެންޑް ބިލްޑް އުސޫލުން މިހާރު ގިނަ މަޝްރޫއުތައް ހަވާލުކުރަނީ އެ މަސައްކަތުގައި ކޮންޓްރެކްޓަރުންގެ ދައުރު ބޮޑުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަޝްރޫއުތައް ހަވާލުކުރާއިރު، އެ މަޝްރޫއެއްގެ ދާއިރާގައި ވޭތިވި ފަސް އަހަރުގެ ތަޖުރިބާގެ ބަދަލުގައި 10 އަހަރުގެ މުއްދަތުގައި ތަޖުރިބާ ލިބިފައިވުމަށް ބަދަލުކޮށްފައިވާނެކަމަށެވެ. އޭގެ ބޭނުމަކީ ވޭތިވެދިޔަ ފަސް އަހަރު ދުވަހުގައި ކޮންޓްރެކްޓް ކާމިޔާބުވި ކުންފުނިތަކުގެ އިތުރުން ގިނަ ފަރާތްތަކަކަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ސިމްޕޯސިއަމްގައި އިމާރާތްކުރުމުގެ ދާއިރާގައި މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އަށް ދޭ އެއްބާރުލުން ފާހަގަކޮށް، ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް