ads
އަނިޔާކޮށްފައި އެއްލާލާފައި އޮތް މީހާ. އޭނާ އަށް ވަނީ ފައިސާ ނުދީގެ މުޅި އިރުއަރަންދެން އަނިޔާކޮށްފަ ފޮޓޯ/އާއިލާ
ސިފައިންގެ މީހާ ރަހީނުކުރުން: 18 އަހަރުގެ ކުއްޖަކާއިއެކު 2 މީހަކު ހައްޔަރުކޮށްފި
މިދިޔަ ނޮވެމްބަރު މަހު މާލޭއިން ރަހީނުކޮށް އަނިޔާ ކުރުމަށް ފަހު އެއްލާލައިފައި އޮއްވާ ފެނުނު ސިފައިންގެ މީހާގެ މައްސަލާގައި 18 އަހަރުގެ ކުއްޖެއް ހިމެނޭހެން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން މިއަދު 18 އަހަރުގެ ކުއްޖަކާއި، 21 އަހަރާއި 29 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިމައްސަލައާއި ގުޅިގެން ވިލިމާލޭގެ ގެސްޓު ހައުސްއެއްވެސް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. 

އެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. 

އޭނާ ރަހީނު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މުޅި ރޭ އެއްކޮށް ރަހީނުކޮށް ފައިސާ ހޯދުމަށް ބިރުދައްކާ އަނިޔާ ކުރުމަށް ފަހު އެމީހާ އަތުން އެެއްވެސް ފައިސާއެއް ލިބިފައި ނުވާތީ އަނެއްދުވަހު ހެނދުނު ގެންގޮސް އައިޖީއެމްއެޗް ކައިރި އަށް އެއްލާލިކަމަށް ވެއެވެ.

އެމްއެންޑީއެފްގެ ކޯސްޓުގާޑްގައި މަސައްކަތްކުރާ އުމުރުން 37 އަހަރުގެ އެމީހާގެ އާއިލާ މީހަކު ސީއެންއެމް އަށް އެދުވަހު ބުނީ ބޭބެ އަށް އެކި ވަރުގެ އަނިޔާ ކޮށްފައިވާ ކަމަށާއި ރަނގަޅަށް ބޭބެ އަށް ވާހަކަ ވެސް ނުދެއްކޭ ކަމަށެވެ. 

އިތުރަށް ބުނީ ބުރަކައްޓަށާއި މޫނު މަތީގެ އިތުރުން އެކި ތަންތަނަށް އަނިޔާކޮށްފައިވާ ކަމަށާއި އެބަޔަކު ބޭބެ ދޫނުކޮށް އަނިޔާ ކުރީ ފައިސާ އެއް ލިބޭނެ ކަމަށް ކަމަށެވެ. އޭނާއަށް ވަނީ  އެމެޖެންސީގައި ފަރުވާދީފައެވެ. 

އެ މައްސަލައިގައި ފުލުހުން މީގެ ކުރިން ބުނީ ތަހުގީގުގައި ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ރަހީނު ކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭ ކަމަށާއި، އަދި އެކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަށެވެ.  

އޭގެ އިތުރުން ފުލުހުން ބުނީ، އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއް ކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.

އެ މައްސަލަ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް