ads
ޓްރާންސްޕޭރެންސީއާއެކު ހުވަދޫ އެއިޑުން އެއްބަސްވުމުގައި ސޮއިކުރަނީ ފޮޓޯ ހުވަދޫ އެއިޑް
ހުވަދޫއެއިޑުން ޓްރާންސްޕޭރެންސީއާ ގުޅިގެން ޕްރޮގްރާމްތަކެއް ހިންގަނީ
އިޖުތިމާއީ މައްސަލަތަކުން އަރައިގަތުމަށް ޒުވަނުންނަށް އެހީތެރިވެދިނުމަށް ޓްރާސްޕޭރެންސީ މޯލްޑިވްސް އާއި ހުވަދޫ އެއިޑް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަމާން ވިލުންވެރި މުޖުތަމައެއް ބިނާކުރުމުގައި ޒުވާނުންނަށް ދިމާވާ މައްސަލަތަކުން އަރައިގަތުމަށް، ގދ. އަތޮޅު ހަތަރު ރަށަކަށް އަމާޒުކޮށް ހުވަދޫ އެއިޑުން ހިންގުމަށް ހަމޖެހިފައިވާ " ވަލްނަރަބަލް ޔޫތު ސަޕޯޓް" ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ގދ ތިނަދޫ، މަޑަވެލި، ހޯޑެއްދޫ އަދި ނަޑެއްލާގެ ޒުވަނުންނަށެވެ.

މިމަޝްރޫގެ ދަށުން މި ހަތަރު ރަށުގެ ޒުވަނުންނަށް އަމާޒުކޮށް ލައިފް ސްކިލްސް، ކެރިއާ ގައިޑެންސް، ސައިކޯ ސޯޝަލް ސަޕޯޓް ފަދަ ޕްރޮގްރާމްތަކުގެ އިތުރުން މިފަދަ ޕްރޮގްރާމްތައް ހިންގުމަށް މަދަނީ ޖަމްއިއްޔާތަކާއި ކައުންސިލް، ކޮމިޔުނިޓީ ސެންޓަރު، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

އަދި ކަންކަން ނިންމުމުގައި ޒުވާނުންނާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި އެކު ޒުވާނުންނަށް އަމާޒުކޮށް ޔޫތު ކޭމްޕް ބާއްވައި، ޒުވަނުންގެ ކުޅިވަރު ހަރަކާތްތަކަށް އެހީތެރިވެދިނުމާއި ޒުވަނުންނަށް ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމެއް ހިންގުންވެސް މިމަޝްރޫއުގައި ހިމެނެއެވެ.  18 މަސްދުވަހުގެ މުއްދަތަށް ހިންގާ، 40،000 އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ މިމަޝްރޫއު އަމާޒުކުރާ ރަށްރަށުގެ ޖަމްއިއްޔާތަކާއި، ކައުންސިލްތައް އަދި އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެންނެވެ. މިމަޝްރޫއު ހިންގުމަގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިއީ ޔޫ.އެސް އެއިޑްގެ އެހީގައި ޓްރާސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ހިންގާ ’ "ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް (ޕްރައިމް)" ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ މަދަނީ ޖަމްއިއްޔަތަކަށް ދޭ ސަބްގްރާންޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. 

ހުވަދޫ އެޑަކީ މީގެ ކުރިންވެސް ޒުވާނުންނަށް އަމާޒުކޮށް މިފަދަ މަޝްރޫއުތަކެއް ހިންގާފައިވާ، އަދި ރާއްޖޭގެ ހަރަކާތްތެރި ޖަމްއިއްޔަތަކުގެ ތެރެއިން ޖަމްއިއްޔާއެއްކަން ފަހަގަކުރެވެއެވެ.

ހުވަދޫ އެއިޑްގެ ފަރާތުން މިއެއްބްސްވުމުގައި ސޮއިކުރެއްވީ އެޖަމްއިއްޔާގެ އެގެޒެކެޓިވް ޑިރެކްޓަރ އަހުމަދު އަމީޒެވެ. ޓްރާންސް ޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު އާސިއަތު ރިލްވީނާއެވެ.

އިތުރު މައުލޫމަތު ހޯއްދެވުމަށް، އަހުމަދު އަމީޒް 9992841 އަށް ގުޅުއްވުމަށް އެޖަމިއްޔާއިން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް