ads
ޖޭއެސްސީގެ ރައީސް ހިސާން، އުއްތަމަ ފަނޑިޔާރު އަދި ޑރ. ނަޒީރު
ޑރ. ނަޒީރުއާމެދު ޖޭއެސްސީން ކަންކުރީ ތަފާތުކޮށް
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ޑރ. ޢަބްދުﷲ ނަޒީރުގެ މަގާމު ގެއްލުނު އިރު ޚިދުމަތުގެ މުއްދަތު ގުނާފައިވަނީ އެހެންޏާ އަމަލު ކުރާ ގޮތާ ތަފާތުކޮށް ކަމަށާއި އެ ގޮތަށް ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުނން ކަނޑައަޅައިފިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ގޮތަށް ކަނޑައަޅާފައިވަނީ، ޖޭއެސްސީ ގާނޫނަށް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއި އެކު ޑރ. ނަޒީރުގެ މަގާމު ގެއްލުމުން، އޭނާއަށް ރިޑަންޑަންސީގެ އިނާޔަތްތައް ކަނޑައެޅުމުގައި އަމަލު ކުރި ގޮތާމެދު ހިތްހަމަ ނުޖެހިގެން ޑރ. ނަޒީރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައެވެ. މި މައްސަލަ މި ދިޔަ މަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާއިރު މި މައްސަލަ ހައިކޯޓުގައި ޖޭއެސްސީގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. އެހެންނަމަވެސް މި މައްސަލަ ބަލައިގަތްކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޖޭއެސްސީއާ ދެކޮޅަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޑރ. ނަޒީރުގެ މަގާމު ގެއްލުމުން އޭނާއަށް ރިޑަންޑެންސީ އިނާޔަތްތައް ދިނުމުގައި ޖޭއެސްސީގެ ސިޓީއަކާ ހަވާލާދީ އަމަލުކޮށްފައިވަނީ އެހެންޏާ އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ނޫން ކަމަށެވެ. އަދި އެ ގޮތަށް އަމަލު ކުރުމަކީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެއް ކަމަށްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ތިން މެންބަރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ.

ޖޭއެސްސީން ފޮނުވި ސިޓީއަކާ ހަވާލާދީ ޑރ. ނަޒީރުގެ އިނާޔަތްތައް ހިސާބުކުރުމުގައި އަމަލުކޮށްފައިވަނީ ހިދުމަތުގެ މުއްދަތު ގުނުގައި ކުރިން އަމަލު ކުރަމުން އައި ގޮތަށް ނޫން ކަމުން އެއީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޑރ. ނަޒީރު އައްޔަންކޮށްފައިވަނީ ދެހާސް އަށާރަވަނަ އަހަރުގެ ފަހުކޮޅުއެވެ. ޑރ. ނަޒީރުގެ މަގާމު ގެއްލުނީ ޖޭއެސްސީ ގާނޫނަށް އެމްޑީޕީން ގެނައި އިސްލާހަކާއެކުއެވެ. އޭގެ ފަހުން އެ މަގާމު އަދާކުރައްވަމުން ގެންދަވަނީ އާއިޝަތު ރިޒްނާއެވެ. ޑރ. ނަޒީރުގެ ކުރިން އެ މަގާމުގައި ހުންނެވި ޙަސަން ސައީދު ވަކިކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށް ފަހު ހިނގައި ދިޔަ ކަންތަކުގެ ތެރޭގައެވެ.  

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް