ads
ކާނިވާ ސަރަހައްދުން ބަސް ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
އިސްރައްވެހިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބަސްތަކުގައި ހިލޭ ދަތުރުކުރެވޭނެ
އަތޮޅުތެރޭގެ ރަށްތަކުގައި އޮޕަރޭޓްކުރާ ބަސްތަކުގައި ވެސް އިސްރައްވެހިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

1 ޖެނުއަރީ 2022 އިން ފެށިގެން ގްރޭޓާ މާލެ ސަރަހައްދެކޭ އެއްގޮތަށް އަތޮޅުތެރޭގައިވެސް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީގެ ޢާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައިކަމަށް އެމްޓީސީސީން ބުނެއެވެ. 

 އެ ކުންފުނިން ފޯރުކޮށްދޭ ޢާންމު ފެރީ ހިދުމަތުގައި މީގެ ކުރިންވެސް ސްކޫލް ކުދިންނަށާއި، އުމުރުން 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދަތުރުކުރެވެއެވެ. 

އަދި މި ހަމަޖެހުނު ބަދަލާއެކު މި ދެންނެވުނު ފަރާތްތަކަށް 1 ޖެނުއަރީ 2012 އިން ފެށިގެން ޢާންމު ބަހުގެ މި ޚިދުމަތްވެސް ހިލޭ ލިބިގެންދާނެކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވިއެވެ. 


މިވަގުތު އަތޮޅުތެރޭގައި ބަހުގެ ޚިދުމަތް ދެމުން ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫ އަދި ފޭދޫ އާއި ދެމެދު ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ދެވޭ ބަހުގެ ހިދުމަތެއް ގޮތުގައެވެ. 

ނަމަވެސް އައްޑޫ، ފުވައްމުލަށް އަދި ލ.އަތޮޅުގެ (ގަން، ފޮނަދޫ، އަދި އިސްދޫ، ކަލައިދޫ ރަށްތަކުގައި ބަހުގެ ޚިދުމަތް ފެށުމަށްޓަކައި އައު ބަސްތަކެއް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވިއެވެ.

އަދި ބަސްތައް ލިބުމާއެކު ފުވައްމުލަކާއި ފ.އަތޮޅުގެ (ގަން، ފޮނަދޫ، އަދި އިސްދޫ ކަލައިދޫ) ރަށްތަކުގައިވެސް ބަހުގެ ޚިދުމަތް ސްކޫލް ކުދިންނަށާއި، 65 އަހަރުން މަތީގެ އިސް ރަށްވެހިންނަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް