ads
ޓްރަމްޕުގެ އިންޒާރު އީރާނަށް: ހަމަލާ ދޭން ފޮނުވާނީ އެންމެ ޒަމާނީ ހަތިޔާރު
އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާދެމުން ގެންދާނަމަ އެމެރިކާއިން އީރާއި ކުރިމަތިލާން ފޮނުވާނީ އެންމެ ޒަމާނީ 'ރީތި' ހަތިޔާރުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.
އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާދެމުން ގެންދާނަމަ އެމެރިކާއިން އީރާއި ކުރިމަތިލާން ފޮނުވާނީ އެންމެ ޒަމާނީ 'ރީތި' ހަތިޔާރުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.

ޓްރަމްޕު މިއަދު ވިދާޅުވީ، އެމެރިކާއިން ދެ ޓްރިލަން ޑޮލަރު އަސްކަރީ ވަސީލަތްތަކަށް ހަރަދުކޮށްފި ކަމަށެވެ.

"އަހަރުމްންނަނީ އެންމެ ބޮޑު އަދި މޮޅު މުޅި ދުނިޔެއިން! އީރާނުން އެމެރިކާގެ ބޭސް އަކަށް ނުވަތަ އެމެރިކާ ރައްޔިތަކަށް ހަމަލާ ދިނަސް އަހަރުމެން ފޮނުވީ އައު އަދި ރީތީ ވަސީލަތްތައް... އެއްވެސް ފަސް ޖެހުމެއް ނެތި،" ޓްރަމްޕު ވިދާޅުވިއެވެ.



ޓްރަމްޕު މިއަދު ވިދާޅުވެފައިވަނީ އީރާނުން ހަމަލާ ދީފިނަމަ، ވަރަށް އަވަހަށް އީރާނުގެ 52 ތަނަކަށް ހަމަލާ ދިނުމަށް ރާވާފައިވާކަަމށެވެ.

އީރާނުގައި ސިޔާސީ ގޮތުން ބާރުގަދަ އަސްކަރީ ޖެނެރަލެއްކަމަށް ވާ ގާސިމް ސޮލޭމާނީ އަށް ޑްރޯން ބޭނުން ކޮށްގެން އެމެރިކާއިން ވަނީ ހަމާދީ މިދިޔަ ބުރާސްފަތި ދުވަހު މަރާލައިފައެވެ. އޭނާ މާރާލީ އިރާގުގެ ބަގުދާދުގެ އެއާޕޯޓު ކަރިން ދަތުރުކުރަނިކޮށް ކާރަށް ދިން މިސައިލު ހަމަލާއެއްގައެވެ.

އީރާނުން ބުނެފައިވަނީ އެ ހަމަލާގެ ބަދަލު ހިފާނެކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް