މިހާރު ކުރިއަށްދާ މަސްވެރިންގެ ދުވަހުގެ ހާއްސަ ޖަލަސާގައި ވާހަކަ ދައްކަވަމުން ޑރ ހުސައިން ވިދާޅުވީ ދިވެހި މަހަށް ހަމައަގު ނުލިބެނީ ބޭރުގެ މާކެޓްތަކުން އެކަށީގެންވާ އަގު ނުލިބޭތީކަމަށެވެ. އެހެން ކަމުން މޯލްޑިވް ޓޫނާގެ ނަމުގައި ދިވެހި ކަނޑުމަސް ޕްރޮމޯޓް ކުރަން ޖެހޭ ކަމަށް މިނިސްޓރްު ވިދާޅުވިއެވެ.
ޖަލްސާގައިވަނީ މޯލްޑިވް ޓޫނާގެ ނަމުގައި ވެބްސައިޓެއްވެސް އިފްތިތާހު ކޮށްފައެވެ. ނައިބުރައީސް އިފްތިތާހު ކޮށްދެއްވި މި ވެބްސައިޓަކީ ދިވެހި ކަނޑުމަސް ޕްރޮމޯޓު ކުރުމަށް ހަދާފައިވާ ވެބްސައިޓެކެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އާ ސިނާއަތްތަކަށް ވެސް ވިސްނަން ޖެހޭ ކަމަށާއި އެހެން ކަމުން މިނިސްޓްރީގެ ފަރާތުން ހިންގާ ފާނައާއި ހުއިފިލަނޑާ އުފެއްދުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިއަށް ދާކަމަށެވެ. އަދި ފާނަ އުފެއްދިދާނެ ކަން އެނގިފައިވާ ކަމަށެވެ.
ފާނަ އުފެއްދުމަށްޓަކައި މިހާރު ކުރިއަށްދާ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން މިހާރު ދިހަ ހާސް ފާނަ އުފެއްދޭ ކަމަށާއި، އެޕްރޮޖެކްޓްގެ އަމާޒަކީ ފަންސާސް ހާސް އުފެއްދޭވަރަށް ތަރައްގީ ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކަށް ޕްރޯން ސަޕްލައި ކުރުމުގެ ވިސްނުން ވެސް އޮންނަން ޖެހޭ ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށެވެ.