ads
މިރޭގެ ޖަލްސާގައި އިދިކޮޅު ޕީޖީ ލީޑަރު ސަލީމް ވާހަކަ ދައްކަވަނީ
ހަށިގަޑުގައި ހޭހުއްޓާ ރައީސް ޔާމީން ދޫކޮށް ނުލާނަން: މެމްބަރު ސަލީމް
ހަށިގަނޑުގެ ހޭހުއްޓާ ރައީސް ޔާމީން ދޫ ނުރައްވާނެ ކަމަށް ޕީޕީއެމް ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ކޮތަރު ކޮށި ޖަލްސާގެ ނަމުގައި، މިރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ސަލީމް ވިދާޅުވީ، އަޅުގަނޑުމެން މިތިބަ އެއްލައްކަ އެތައް ހާސް ރައްޔިތުންގެ ފުރާނަ ދުއްވާލާފައި ނޫނީ ރައީސް ޔާމީނަކަށް ގޮތެއްހަދާލާކަށް އިރާދަ ކުރެއްވިޔާ ނުކެރޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހް އިންނެވި ޖަލްސާއެއްގައި ރައީސް ޔާމީން ކޮންމެ ގޮތެއް ހަދާފައިވެސް ޖަލުން ނުނުކުމެވޭ ގޮތް ހަދާފައި ބޭންދުމަށް ނިންމި ކަމަށެވެ. މީ ނުލަފާ ޔަހޫދީންކަމަށް ތުހުމަތުކޮށް އެއްޗެއް ނޭނގޭނެކަމަށާއި، މިއީ ތަނެއްދޮރެއް އެނގޭ ބައެއް ނޫން ކަމަށާއި ލިބިފައި ހުރި އިލްމަކާއި ، ހުނަރެއް ލިބިފައިވާ އިލްމެއް ލިބިފައި ހުރީ ނަސާރާއިން ނާއި ޔަހޫދީންގެ ކިބައިން ކަމަށް ފާހަގަކޮށް މިފަދަ މީހުން ދައްކާނީ ކަނޑުކޮސްް ވާހަކަ ކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ.

ސަރުކާރު ހިންގާ ފަރާތްތަކަށް ވެރިކަން ލިބުނީމާ ބުޅާ ކޯލިޝަނުން، ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން އާއި ދޭތެރޭ ހަދާނެ ގޮތެއް ނިންމުމަށް މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

''ކޮންމެއަކަސް ވާހަކަ ދައްކަމުން  ގޮސް އެންމެ ފަހުން ނިންމީ އުމުރަށް ޔާމީން ބަހައްޓަންވީ ޖަލުގައޭ. އަނެއްބަޔަކު ބުނީ ޔާމީން ރަށުން ބޭރަށް ފުރުވާލަންށޭވީ. ޔާމީން ބޮލަށް އެރިގެން ނަމަވެސް އެހެން ގޮތެއް ހަދާލާފައި ނަމަވެސް އެންމެފަހުން ނިންމީ ޖަލުގެ ކުޑަގޮޅީގައި އެކަނިމާއެކަނި ބަހައްޓަން" ސަލީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަނެއް ކަމަށް ކަނޑައެޅުމަށް ފަހު ބޭއްވި ޕީޕީއެމްގެ ދެވަނަ ޖަލްސާގައި ވާހަކަ ދެއްކި ގިނަ މީހުންވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް