ads
އެމްއެންޑީއެފްގެ އޮފިސަރުންތަކެއް
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެެވެ.

އެމްއެންޑީއެފުން މިރޭ ބުނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސިފައިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން ފުލުހުންގެ އިދާރާއިން އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރި ވަކި ސަބަބެއް އެމްއެންޑީއެފުން ބުނެފައެއް ނުވެ އެވެ.

ސީއެންއެމްއަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއުގައި މަސައްކަތް ކުރާ މީހެކެވެ. 

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފައި މިވަނީ އެފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ބައެއް ސިފައިންނަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ. 

އާންމުންގެ ކަންބޮޑުވުންތަކާއި ގުޅިގެން އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާކޮށްފިނަމަ އެ މައްސަލައެއް ވަގުތުން ބަލައި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެމްއެންޑީއެފުން ވަނީ ކުރިއަށް އޮތްތަނުގައި ވެސް އެގޮތަށް އަމަލު ކުރާނެކަމުގެ ޔަގީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް ދީފަ އެވެ.


އެމްއެންޑީއެފުން ވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ މައުސޫމު ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފަ އެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް