ads
ކުރީގެ ނައިބު ރައީސް ޑރ ޖަމީލް
އައު ސީޕްލޭން ޓާމިނަލް ވީގޮތް ޑރ ޖަމީލަށް ނޭގުނު؟
އައު ސީޕްލޭން ޓާމިނަލް ހިންގަން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓު ހިންގާ އެމްއޭސީއިންކަމަށް އެ ކުންފުން ބަޔާނެއް ނެތެ އެކަން ހާމަކޮށްފައިވަނިކޮށް، "އަހަރެއް ވެގެންދިޔައިރުވެސް ސީޕްލޭން ޓާމިނަލްއަށް ހަދާނެ ގޮތެއް ނޭނގުނު" ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ސީޕްލޭން ޓާމިނަލް ހިންގަން ނިންމާފައިވަނީ މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމަށް ބުނެފައިވަނިކޮށް، "އަހަރެއް ވެގެންދިޔައިރުވެސް ސީޕްލޭން ޓާމިނަލްއަށް ހަދާނެ ގޮތެއް ނޭނގުނު" ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ވިދާޅުވެފައިވަނީ އާ ޕެސެންޖަރ ޓާމިނަލް ލަސްވުމުގެ ނޭދެވޭ އަސަރުވެސް ފަތުރުވެރިކަމަށް ހީނުކުރާ ވަރަށް ކުރާނެކަމަށެވެ.

"އަހަރެއް ވެގެންދިޔައިރުވެސް ސީޕްލޭން ޓާމިނަލްއަށް ހަދާނެ ގޮތެއް ނޭނގުނު. މިވަރު ކަމެއް ނިންމަން ނޭނގުނުއިރު ކިހިނެއްތޯ އިޤްތިޞާދީ ބޮޑެތި ނިންމުންތައް ނިންމާނީ؟ އާ ޕެސެންޖަރ ޓާމިނަލް ލަސްވުމުގެ ނޭދެވޭ އަސަރުވެސް ފަތުރުވެރިކަމަށް ހީނުކުރާ ވަރަށް ކުރާނެ،"

ޑރ. ޖަމީލް މިހެން ވިދާޅުވިއިރު، ވީއައިއޭގެ ސީޕްލޭން ޓާމިނަލް ހިންގަން އެއްވެސް އޮޕަރޭޓަރަކާއެކު އެއްބަސް ނުވާކަމަށް މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބުނެފައެވެ.

އެމް.އޭ.ސީ.އެލް. އާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާރމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށްއައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އައު ސީޕްލޭން ޓާރމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައެއްނުވެއެވެ.

އަދި މިވަގުތު މިމަޝްވަރާތައް މަޑުޖައްސާލެވިފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިންކަމަށް އެ ކުންފިން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހެދިފައިވާ އައު ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއާރޕޯޓުގެ އޮޕަރޭޝަނަށް މިވަގުތު ވަރަށް މުހިންމު ކަމެކެވެ.

ނަމަވެސް އައު ރަންވޭ އޮޕަރޭޓްކުރެވެން އަންނަނީ މިވަގުތު ރަންވޭއާއި އިންވެގެން ހުރިއެންމެބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާރވޭސް (ޓީ.އެމް.އޭ.) ގެ ފެސިލިޓީސްއާއި މިސަރަޙައްދުގައިވާ އެހެނިހެން އިމާރާތްތައް ހުސްކުރެވިގެންނެވެ.

ޕީ.އެމް.އޭ.ގެ އިމާރާތްތައް ފިޔަވައި އެހެނިހެން އިމާރާތްތައް ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް، ޓީ.އެމް.އޭ.ގެ އިމާރާތްތައް ހުސްކުރެވެން އަންނަނީ މިވަގުތު މަޑުޖައްސާލެވިފައިވާ މަޝްވަރާތަކަށް ޙައްލެއް ލިބި، ޓީ.އެމް.އޭ.ގެ ފެސިލިޓީސްތައް ރިލޮކޭޓް ކުރެވިގެންކަމަށް އެ ކުންފިން ބުނެއެވެ.

ވެލާނާ އިންޓަނެޝަނަލް އެއަރޕޯރޓުގައި އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާރމިނަލް އަކީ ކުރިމަގަށް، ސީޕްލޭންގެ އޮޕަރޭޝަން އިތުރަށް ތަރަށްގީކުރުމަށްޓަކައި އެޅޭވަރަށް މުހިންމު ފިޔަވަޅެކެވެ.

އެ ކުންފުނިން ބުނީ މި އިމާރާތަކީ ޓާރމިނަލެއްގައި ހުންނަން ޖެހޭ ޚިދުމަތްތައް ވީވީ.އައި.ޕީ ލައުންޖު،ޕެސެންޖަރ އަދި
ބެގޭޖް ހެންޑްލިން ފެސިލިޓީ، ރީޓޭލް ވިޔަފާރި، އެފް. އެންޑް ބީ ގެ ޚިދުމަތް ފަސޭހަ ކަމާއެކުލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާ އަދި އެއާރލައިން އޮޕަރޭޓް ކުރާ ފަރާތްތަކާއި ޓާރމިނަލް މެނޭޖްކުރާ ފަރާތްތަކުގެ އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން، މުވައްޒަފުންގެ ރެސްޓް ރޫމް ފަދަ ތަންތަންވެސް ހިމެނޭ، ޒަމާނާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ އިމާރާތެކެވެ.

26 މިލިއަން ޑޮލަރު ޚަރަދު ކުރެވިގެން އިމާރާތް ކުރެވޭ ކޮމްޕްލެކްސްގައި 4 ފަންގިފިލާގެ (ޖުމްލަ 000، 28 އަކަމީޓަރު) ސީޕްލޭން ޓާރމިނަލް އަކާއި 1 ފަންގިފިލާގެ (120 އަކަމީޓަރު) ވީ.ވީ.އައި.ޕީ އިމާރާތެއް ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ.

އައު ސީޕްލޭންޓާރމިނަލް ފަރުމާ ކުރެވިފައިވަނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތްކުރެވޭ ގޮތަށެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ (އެމް.އޭ.ސީ.އެލް.)އިން މި އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށް ގަސްތު ކޮށްފައި ވަނީ 2020 ގެ ދެވަނަކުއާރޓާގައިކަމަށް އެ ކުންފިނިން ބުނެއެވެ. އަދި މިޓާރމިނަލް ހުޅުވިގެންދާއިރު ވާނީ ދިވެހި ރައްޔިތުން ފަހުރުވެރިވާނެ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭންގެ އޮޕަރޭޝަންސް ހިންގާ އިމާރާތަށެވެ.

އައު ސީޕްލޭން ޓަރމިނަލް އާއި ވީ.ވީ.އައި.ޕީ އިމާރާތް ހިންގާ ބަލަހައްޓާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ އިންނެވެ. ނަމަވެސް އެކި އެކި ސީޕްލޭންއޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ މިޓާރމިނަލްއިން ކުއްޔަށް ހިފައިގެންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް