ads
ފަނޑިޔާރު ކަމުގެ ފުރުސަތު ހުޅުވާލައިފި
ޖޭއެސްސީން ފަނޑިޔާރުން ހޯދަން ހުޅުވާލައިފި
ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ މަގާމަށް މީހުން ހޯދަން ހުޅުވާލައިފިއެވެ.

މިކަމަށް އެދޭ ފަރާތްތަކުން މިމަހުގެ 30 ވަނަދުވަހުގެ ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ([email protected]) ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ފަނޑިޔާރުންގެ މުސާރައަކީ މަހެއްގެ މަށްޗަށް 30،000.00 ރުފިޔާ އެވެ. އަދި ލިވިން އެލެވެންސް ގޮތުގައި، 15،000.00 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ރިސްކު އެލެވެންސް ގެ ގޮތުގައި 1،650.00 ރުފިޔާ ލިބޭނެއެވެ.

މި ވަޒީފާގެ ޝަރުތު ތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި އެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހެއްކަމުގައި ވާން ވާނެއެވެ. 

ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އިގްރާރު އަދި ކުށުގެ ރެކޯޑް ފޯމް www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް