މި މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއު -- ފޮޓޯ: އެމްޓީސީސީ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.