ads
ކުރީގެ ލޯބިވެރިޔާގެ ވާހަކަ މާގިނައިން ނުދައްކާ!
ހަޔާތުގެ ބައިވެރިޔާ ކައިރީ ކުރީގެ ލޯބިވެރިޔާގެ ވާހަކަ ނުދައްކަންވީ 03 ސަބަބު
ތިމާގެ ހަޔާތުގެ ބައިވެރިޔާ ކައިރީ އަބަދުހެން ކުރީގެ ލޯބިވެރިޔާގެ ވާހަކަ ދެއްކުމަކީ ބައެއް ފަރާތްތަކުން ކުރަމުން އަންނަ ކަމެކެވެ.

އަހަރެންގެ ކުރީގެ ލޯބިވެރިޔާ ދުވަހަކުވެސް މިކަން ކޮށްފައެއް ނުވޭ. އަހަރެންގެ ކުރީގެ ލޯބިވެރިޔާ ވެސް އެކަން ކުރަމުން އައި ގޮތަށް. މިފަދަ ބަސްތަކަކީ ބޭއިހްތިޔާރުގައި ނަމަވެސް ބައެއް ފަހަރު ކުރެވެމުން އަންނަ ކަންކަމެވެ. 

އަދި ބައެއް ފަހަރު މިކަހަލަ ވާހަކަތައް ދެއްކުމުގެ ސަބަބުން ބައިވެރިޔާ އެކަމާއި މެދު ނުރުހުންވެ ބައެއް ހާލަތުގައި އަރާރުންވާން ޖެހޭ ފަހަރުތައްވެސް އާދެއެވެ. ބައިވެރިޔާގެ ކުރިމަތީގައި އަހަރެމެންގެ ކުރީގެ ވާހަކަ ދެއްކުމުގައި އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް އެއްވެސް މައްސަލައެއް ނުފެނުނު ނަމަވެސް މިކަމަކީ ބައިވެރިޔާ އެހާ ގަޔާވާ ކަމެއް ނޫނެވެ. 

މީގެ މާނައަކީ ތިބާގެ ކުރީގެ ގުޅުންތައް މުޅިން ސިއްރުކުރުން ނޫން ނަމަވެސް ތަކުރާރުކޮށް އެގުޅުންތަކާއިމެދު މަޝްވަރާކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކީއްވެގެންތޯ ސުވާލުކޮށްފިނަމަ ތިރީގައި މިވަނީ 3 ސަބަބެކެވެ.

އޭގެ ސަބަބުން ބައިވެރިޔާ އަށް ނުތަނަވަސްކަން އިހުސާސް ވެދާނެ

ފަހަރެއްގައި ވެސް ކުރީގެ ގުޅުންތަކުގެ ވާހަކަ ދެއްކުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް ތިބާގެ ކުރީގެ ބައިވެރިޔާ ކުރަން ބޭނުންވާ ކަންތައްތަކާއި އޭރު އުޅުނު ގޮތުގެ ވާހަކަ އަބަދު ދައްކާނަމަ ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އިހުސާސް ކުރެވޭނެއެވެ. އެ ވާހަކަ ނުދެއްކިޔަސް، ރައްކާތެރި ސަފުގައި އޮތުމަކީ އަބަދުވެސް ރަނގަޅު އޮޕްޝަނެކެވެ. ތިބާގެ ކުރީގެ ގުޅުންތައް ދިޔައީ ކިހިނެއްތޯ ވާހަކަ ދެއްކުމުގެ ބަދަލުގައި، ތިބާގެ މިހާރުގެ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ ކަންތައްތަކަށް ފޯކަސް ކުރާށެވެ.

އޭގެ ސަބަބުން މިހާރު އޮތް ގުޅުމަށް ގެއްލުން ވެދާނެ

ކުރީގެ ގުޅުންތަކުގެ ވާހަކަ އަބަދު ކިޔައިދޭނަމަ އޭގެ ސަބަބުން ހީކުރާ ވަރަށް ވުރެ ބޮޑަށް މިހާރުގެ ގުޅުމަށް ގެއްލުން ވެދާނެ އެވެ. ތިބާގެ ބައިވެރިޔާއަށް ހަސަދަވެރިކަން އިހްސާސް ވެދާނެއެވެ. އެކަމުގެ ސަބަބުން ތިމާ އުޅޭ ނޫޅޭ ގޮތް ބަލާ ތިމާއަށް ފަހަރެއްގައި ފާރަލާން ފަށާ ހިސާބަށްވެސް ކަންކަން ގޮސްދާނެއެވެ. އެހެން ކަމުން މިކަމުން ސަލާމަތް ވުމަކީ ބުއްދިވެރި ކަމެކެވެ. 

ދެމީހުން ދޭތެރޭ އަޅާ ކިޔާ ކަމުގެ އިހުސާސް ކުރެވިދާނެ

މާ ގިނައިން ކުރީގެ ބައިވެރިޔާގެ ވާހަކަ ދައްކާނަމަ ކުރީގެ ބައިވެރިޔާ އާއި އަޅާ ކިޔާ ކަމުގެ އިހުސާސް ބައިވެރިޔާއަށް ކުރެވިދާނެއެވެ. މިކަމުގެ ސަބަބުން މިހާރުގެ ބައިވެރިޔާ އާއި ގުޅުން ހީނަރުވާ ހިސާބަށް ފަހަރެއްގައި ކަންކަން ހިނގައި ދާނެއެވެ. ވީމާ މިފަދަ ކަންކަމުން ސަލާމަތްވެ ހުރުމަށް ބައިވެރިޔާއާއި އެކު ކުރީގެ ގުޅުންތަކުގެ ވާހަކަ ދެއްކުން ހުއްޓާލާށެވެ. 

ކުރީގެ ބައިވެރިޔާގެ ވާހަކަ ދެއްކުމަކީ، އެންމެ އެދެވިގެންވާ ގޮތް ނޫން ނަމަވެސް ދައްކަން ކޮންމެހެންޖެހޭ ވާހައެއް ދެއްކެން ވާނެއެވެ. އެހެން ނޫންނަމަ ބައިވެރިޔާއަށް އެހެން މީހެއްގެ ފަރާތުން އެކަންތައް އެނގި މަސްލަހަތު ގެއްލިދާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް