ads
އެމްޑަބްލިއުއެސްސީގެ އެވޯޑް ނައިޓްގެ ތެރެއިން: ފޮޓޯ|އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި
2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އެމްޑަބްލިއުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި އެވެ.

ސްޓާފް އެވޯޑް ނައިޓްގައި އެކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި، 2019 އަދި 2020 ވަނަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ. 

ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުުންފުނީގެ އެމްޑީ ހަސަން ޝާހު ވިދާޅުވީ މި އެވޯޑް ހަފްލާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއި އެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެގޮތުގައި ކުރިއަށް ދިއުމުގެ ރޫހު އާލާކޮށް އެކަމަށް ހިތްވަރު ދިނުން ކަމަށެވެ. 

އަދި ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެއަހަރުގައި ކޮށްފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ފެނާއި ނަރުދަމާގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅިފައިވާ، މެދުކެނޑުމެއްނެތި ފޯރުކޮށްދޭންޖެހޭ ހިދުމަތެއްކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ، "އެކުވެރި އެމްޑަބްލިއުއެސްސީ"ގެ ޓީމުން ކޮވިޑްގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެކޮށްދެއްވި އަދި ކޮށްދެއްވަމުން އަންނަ ގައުމީ މަސައްކަތަށް އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

100% ދިވެހި މުވައްޒަފުންނާއި އެކު ހިންގަމުން އަންނަ އެމްޑަބްލިއުއެސްސީ އަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން، ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ޓްރޭޑިންގ ދާއިރާއިންވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.

ރޭ އެކުންފުނިން ބޭއްވި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އެވޯޑް ހަފްލާގައި ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފުކު ވަނީ އެވޯޑް ހާސިލްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް