ads
ކޮރޯނާ ވައިރަސް ފެތުރޭ ވުހާން ޕްރޮވިންސްގައި 6 ދިވެހިން، އެމީހުންގެ ހާލު ރަނގަޅު
ޗައިނާގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުން އަންނަކަމަށް ފޮއިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ޗައިނާގައި ތިބި ދިވެހިންގެ ހާލު ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ. 

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބީ ހަ ދިވެހިން ކަމަށެވެ. އަދި އެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. 

އަދި ފޮރިން މިނިސްޓްރީން ދަނީ  ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީއިން ދީފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. 

ޗައިނާގެ އެހެން ހިސާބުތަކަށްވެސް މިވައިރަސް ފެތުރެމުންދާތީ، އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް  ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް