ads
މިއަދު އޮޑިޓަރުންނަށް ހުއްދަ ހަވާލުގުރުމުގެ ރަސްމިއްޔާތަށް ފަހު
ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރުމުގެ ހުއްދަ އިތުރު 4ފާމަކަށް ، ކުރިން އޮތީ 3ފާމަކަށް
ޕަބްލިކް އިންޓްރެސްޓް އެންޓިޓީސް ނުވަތަ ސަރުކާރުގެ ކުންފުނިތައް އޮޑިޓް ކުރުމުގެ ހުއްދަ އިތުރު 4 ފާމްއަކަށް ދީފިއެވެ. ކުރިން އެހުއްދަ އޮންނަނީ ތިން ފާމަކަށެވެ. މީގެ ކުރިން، ޕަބްލިކް އިންޓްރެސްޓް އެންޓިޓީސް ނުވަތަ ސަރުކާރުގެ ކުންފުނިތައް، އޮޑިޓްކުރުމުގެ ހުއްދަ އޮންނަނީ 3 އޮޑިޓް ފާރމްއަކަށެވެ. ނަމަވެސް

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ފަރާތުން ރަޖިސްޓްރީކުރި ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓަރުންނާއި ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ  ބާއްވާފައެވެ.

މިއަދު ރަޖިސްޓަރ ކުރެވުނު ފަރާތްތަކާއި އެކު ޖުމްލަ 7 އޮޑިޓް ފާމްއަކަށް އެ ހުއްދަ މިހާރުވަނީ ލިބިފައެވެ. މި 7 އޮޑިޓް ފާމްގެ ތެރޭގައި ލޯކަލް 2 އޮޑިޓް ފާމްއާއި އިންޓަރނޭޝަނަލް 5 އޮޑިޓް ފާމް ހިމެނެއެވެ.

މިއަދު ސެޓްފިކެޓް ހަވާލުކުރެވުނު ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓަރުންނަކީ، ދާދި ފަހުން ސީއޭ މޯލްޑިވްސްގެ ފަރާތުން ނެރުނު ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓަރުން ރަޖިސްޓަރ ކުރުމުގެ ޤަވާޢިދުގެ ދަށުން ފުރަތަމަ ފަހަރަށް ލައިސަންސް ދޫކުރި ފަރާތްތަކެވެ.

2021 ވަނަ އަހަރުގެ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މާލީ ބަޔާންތައް އޮޓިޓްކުރުމުގެ ހުއްދަ މި ލައިސަންސްއާއި އެކު އޮޑިޓް ފާމްތަކަށް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ސީއޭ މޯލްޑިވްސް ރައީސް، އޮޑިޓަރ ޖެނެރަލް، ހުސައިން ނިޔާޒީ ވަނީ ޕައި އޮޑިޓަރސްގެ ގޮތުގައި ރަޖިސްޓްރީ ކުރާ އޮޑިޓް ފާރމްތައް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން އޮޑިޓިންގ ގެ ބައިނަލްއަޤްވާމީ ހަމަތަކާއި އުޞޫލްތައް ހިފެހެއްޓުމަށް ވިދާޅުވެފައެވެ. އަދި މިލައިސަންސްގެ ސަބަބުން އޮޑިޓް ފާރމް ތަކުން ކުރާ އޮޑިޓްތަކުގެ ފެންވަރު ރަނގަޅު މިންގަނޑެއްގައި ހިފަހައްޓާނެކަމަށް ޤަބޫލުކުރާކަމަށް ނިޔާޒީވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ އެކައުންޓިންގ ޕްރޮފެޝަން ކުރިއެރުވުމަށް ސީއޭ މޯލްޑިވްސްގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރި ވެދެއްވާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޕަބްލިކް އިންޓްރެސްޓް އެންޓިޓީގެ ގޮތުގައި ރަޖިސްޓްރީ ކުރެވުނު ފަރާތްތަކުގެ ދަފްތަރެއް ސީއޭ މޯލްޑިވްސްގެ ވެބްސައިޓްގައި ފެންނަން ހުނާނެކަމަށް އެއިންސްޓިޓިއުޓްއިން ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް