ads
އެމްއެންޕީ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލައްވާ ހަންނާނު އިދްރީސް
އެމްއެންޕީން ކޮމަންޑޫ ދާއިރާއަށް ކޮމަންޑޫ ބޭފުޅެއް
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ށ ކޮމަންޑޫ ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

ދާދިފަހުން އުފެއްދި ޕާޓީން ޕްރައިމަރީއަކަށް ހުޅުވާލުމުން ކުރިމަތިލައްވާފައިވަނީ އެންމެ ބޭފުޅެކެވެ. އެއީ ށ ކޮމަންޑޫ ހަންނާނު އިދްރީސް އެވެ. އެހެންވެ އެޕާޓީން ނިންމާފައވަނީ ކުރިމަތިލެއްވި ބޭފުޅާއަށް ޕާޓީގެ ޓިކެޓް ހަވާލު ކުރާ ގޮތަށް ނިންމާފައެވެ. 

އެމް އެންޕީގެ ސްޕޯކްސް ޕާސަން އަސްރާ އަހްމަދު ސީއެންއެމްއަށް ވިދާޅުވީ މާދަމާރޭ ރަސްމީކޮށް ޕާޓީގެ ޓިކެޓް ހަވާލު ކުރުން އޮންނާނެ ކަމަށެވެ. އަދި އެހަފްލާގައި ހަންނާނު ތައާރަފް ކުރުންވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.  

ހަންނާނަކީ ތައުލީމީ ދާއިރާގައި 32 އަހަރު ހޭދަ ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ 1987 އިން 2009 އަށެވެ. ތައޫލީމީ ދާއިރާގައި ހޭދަ ކުރެއްވި ދުވަސްތަކުގެތެރޭގައި ގިނަ ސްކޫލްތަކެއްގެ ޕްރިންސިޕަލްކަން ކުރެއްވިއެވެ. އޭގެ ފަހުން ހަންނާނު އުޅުއްވަނީ ވިޔަފާރީގެ ދާއިރާގައެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމީ އެދާއިރާގައި ކުރިން ހުންނެވި މެންބަރު ހުސައިންވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. މި ބައިއިލެކްޝަން 5 ފެބްރުއަރީ 2022ގައި ބާއްވަން ނިންމާފައިވާއިރު، މިމަހުގެ 30ގެ ފަހުން ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް