ads
ރާއްޖޭގެ އަންހެން ވޮލީ ޓީމު ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: އޮލިމްޕިކް ކޮމިޓީ
އަންހެން ވޮލީ ޓީމު ތިންވަނަ މެޗުންވެސް ބަލިވެއްޖެ
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ދިވެހި އަންހެން ޓީމު ކުޅުނު ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެއްޖެއެވެ. ތިންވަނަ މެޗުގައި ރާއްޖެ ބަލިވީ އަވައްޓެރި ލަންކާއާ ވާދަކޮށެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި ދިވެހި އަންހެން ޓީމު ލަންކާ އަތުން މިއަދު ބަލިވީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގައި ކުރިން ކުޅުނު ދެ މެޗުންވެސް ރާއްޖެވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. އެއީ ނޭޕާލް އަތުން އަދި އުޒްބަކިސްތާނު އަތުންނެވެ. ފުރަތަމަ ދެ މެޗުގައި ދިވެހި ޓީމަށް މާ ގިނަ ޕޮއިންޓެއް ހޯދިފައެއް ނުވެއެވެ. އަދި ފުރަތަމަ މެޗަށް ވުރެ ދެވަނަ މެޗުގެ ނަތީޖާވެސް ދަށެވެ. އެހެންނަމަވެސް ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ކުރީ ދެ މެޗަށްވުރެ ގިނަ ޕޮއިންޓް ހޯދިއެވެ.

މި މުބާރާތުގައި ބާކީ އަންހެން ޓީމު ކުޅެން އޮތް ދެ މެޗަކީ، ކިރިގިސްތާނު އަދި ބަންގްލަދޭޝްއާ ކުޅޭ މެޗެވެ. މާދަމާ ކިރިގިސްތާނާ ކުޅޭއިރު، ފަހު މެޗުގައި ހޯމަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް