ads
އެމްޕީއެލްގެ ޕޯޓް ސޭފްޓީވީކް 2021 ގެ ފުރަތަމަ ވޯރކްޝޮޕް ފަށެމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޕީއެލްގެ ޕޯޓް ސޭފްޓީވީކް 2021 ގެ ފުރަތަމަ ވޯކްޝޮޕް ފަށައިފި
މޯލްޑިވިސް ޕޯޓްސް ލިމިޓެޑުގެ ޕޯޓް ސޭފްޓީވީކް 2021 ގެ ފުރަތަމަ ވޯކްޝޮޕް ފަށައިފިއެވެ.

އެމްޕީއެލް އިން ބުނީ، މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި ވޯކްޝޮޕް ކުރިއަށް ގެންދާނެ ކަމަށެވެ. 

ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދާ ”ސޭފްޓީ ކަލްޗަރ އަވެއާނެސް ވޯރކްޝޮޕް“ މިއަދުގެ ހެނދުނު 10:00ގައި ފައްޓަވައިދެއްވީ، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ.

ޖުމްލަ 43 ބައިވެރިންނާއި އެކު ކުރިޔަށް ގެންދާ މި ވޯކްޝޮޕް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ މުއްދަތަކަށް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްޕީއެލް އިން ބުނީ، މި ވޯކްޝޮޕްގައި ފުރަތަމަ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ، ސޭފްޓީ ކަލްޗަ އާއި ބެހޭގޮތުން ކަމަށާއި، އެއަށް ފަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކްރައިމް ޕްރެވެންޝަން މައުލޫއަށް އަލިއަޅުވައި މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. 

މީގެއިތުރުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކެމިކަލް އަދި އައި.އެމް.ޑީ.ޖީ އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައި ވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާގެ ފަރާތުން، މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާއި ބެހޭ މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

އަދި ސައިބަ ސެކިއުރިޓީ އާއި ގުޅިގެން މައުލޫމާތު ދިނުން، ޓީމް ބިލްޑިންގ އެކްޓިވިޓީގެ އިތުރުން އެންސިސްގެ ފީލްޑް ޓްރިޕެއް ވޯކްޝޮޕްގެ ތެރެއިން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް