ads
ދިވެހި ވޮލީ ޓީމުގެ ކޯޗު
ފިިރިހެން ވޮލީ ޓީމު ތިންވަނަ މެޗުންވެސް ބަލިވެއްޖެ
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ދިވެހި ގައުމީ ފިރިހެން ވޮލީ ޓީމުން ކުޅުނު ތިންވަނަ މެޗުންވެސް ބަލިވެއްޖެއެވެ. ތިންވަނަ މެޗުގައި ދިވެހި ޓީމު ބަލިވީ ނޭޕާލް އަތުންނެވެ.

ރާއްޖެއާ ނޭޕާލް މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މިއާއި އެކު މިހާތަނަށް މި މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ރާއްޖެ ބަލިވީއެވެ. އިއްޔެ ކުޅުނު މެޗުގައި އުޒްބަކިސްތާނު އަތުން ސެޓެއް ހޯދުން ފިޔަވައި ތިން މެޗުން ކުރެ މެޗެއްގައި ދިވެހި ޓީމަށް ސެޓެއްވެސް ނުހޯދެއެވެ. އިއްޔެ އުޒްބަކިސްތާނު އަތުން ތިން ސެޓު އެއް ސެޓުން ބަލިވިއިރު، ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުންނެވެ.

ފިރިހެން ޓީމުން މި މުބާރާތުގައި މާދަމާ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ލަންކާއާ ދެކޮޅަށް ރާއްޖޭންވަނީ މާލޭގައި ތިން ޕްރެސްޓިސް މެޗު ކުޅެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް