ads
ަރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މާލޭގެ ރައްޔިތުންނަށް ގުޅިފަޅާއި، ހުޅުމާލެއިން 4000 ގޯތި ދެއްވާނަން: ރައީސް
މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯދައިދެއްވުމަށް ގުޅި ފަޅާއި، ހުޅުމާލެއިން 4،000 އެއްހާ ގޯތި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގިނަ ރައްތަކެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހަވާލު ކުރެއްވުމަށް މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަށް ކަށަވަރު ކޮށްދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިއްމު އެއްވާޖިބު ކަމަށާއި، އެކަން ކުރުން ހުއްޓާ ނުލައްވާނެ ކަމަށެވެ. 

އެގޮތުން އަސާސީ ހައްގުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ، މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުން ކަމަށާއި، އެކަމަށް ހައްލު ހޯދައިދިނުމަށް ގުޅި ފަޅާއި، ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ގޯތި ހޯއްދަވައި ދެއްވާނެ ކަމަށެވެ. 

މާލޭގެ ރައްޔިތުންގެ އުދާސްތައް އަދުގެ ސަރުކާރުން ގާތުން އައްސަވަމުން ގެންދަވާ ކަމަށާއި، މާލޭގެ ރައްޔިތުންނަށް 1،000 ގޯތީގެ ބަދަލުގައި ގުޅި ފަޅާއި ހުޅުމާލެ ހިމެނޭހެން 4،000 އެއްހާ ގޯތި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އިތުރު ފަޅުތަކުން ވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ، މިހާރުވެސް ހުޅުމާލޭގައި 5،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި، މާލޭގެ ރައްޔިތުންގެ އަސާސީ ހައްގުތަށް ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. 

ރައީސް ސޯލިހު މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމަށް ވިދާޅުވެފައި މިވަނީ، އެޗްޑީސީއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިން ވިއްކުމަށް އިއުލާން ކުރުމާއި ގުޅިގެން ގިނަ ބަޔަކު އެކަމާއި މެދު ނުރުހުން ފާޅު ކުރަމުން ގެންދަވަނިކޮށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް