ads
ސާރާ އާއި ކާތިކް---
ސާރާގެ ހެލްމެޓް ކާތިކް ވަގަށް ނަގައިފި
ބަތަލާ ސާރާ އަލީ ހާންގެ ހެލްމެޓް އެކްޓަރު ކާތިކް އާރިޔަން ވަގަށް ނަގާފައިވާ ކަމަށް ސާރާ ބުނެފި އެވެ.

ދާދި ފަހުން އިންސްޓަގުރާމު މެދުވެރިކޮށް ސާރާ ހިއްސާކުރި ވީޑިއޯއިން ފެނިގެންދަނީ ސާރާ އާއި ކާތިކް ސައިކަލެއްގެ މަތީގައި އިން މަންޒަރެވެ. އެ ވީޑިއޯގައި ކާތިކް ހެލްމެޓު އަޅާފައި އިން ނަމަވެސް ސާރާ ހެލްމެޓް އަޅާފައެއް ނުވެ އެވެ.

އެވީޑިއޯއަށް ކާތިކް ކުރި ކޮމެންޓެއްގައި ވަނީ ސާރާ ހެލްމެޓް ކޮބައިތޯ ސުވާލުކޮށްފަ އެވެ.

މިސުވާލަށް ޖަވާބުދެމުން ސާރާ ވަނީ ކާތިކް އޭނާގެ ހެލްމެޓް ވަގަށް ނެގި ކަމަށް ބުނެފަ އެވެ.

ސާރާ ވަނީ އޭނާއަށް ކާތިކް ވަރަށް ކަމުދާކަން މިދިޔަ އަހަރުގެ ކޮފީ ވިތު ކަރަން ޝޯގެ ތެރެއިން ހިއްސާކޮށްފަ އެވެ. އޭގެ ފަހުން ދެމީހުން އެކުގައި ފެނުން ވަނީ އާންމުވެފަ އެވެ. އެދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށްވެސް މީގެ ކުރިން ވަނީ އަޑުތައް އަރާފަ އެވެ.

ސާރާ އެންމެ އަވަހަށް ފެނިގެންދާނީ ވެސް ކާތިކްއާ އެކު ފިލްމަކުންނެވެ. އެއީ "ލަވް އާޖް ކަލް 2" އިންނެވެ.  އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.

ކެދާނަތުގެ އިތުރުން މިދިޔަ އަހަރުގެ ފަހުކޮޅު ނެރުނު ފިލްމު "ސިމްބާ"ގައި ވެސް ސާރާގެ މަސައްކަތް ފެނިގެން ގޮސްފައިވެ އެވެ.

ކާތިކް މަޝްހޫރު ވެގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ލަވް ރަންޖަން ޑައިރެކްޓުކޮށް ނެރުނު ފިލްމު "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" ގައި މަސައްކަތް ކުރި ފަހުންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ޕަތީ ޕަތުނީ އޯރް ވޯ" އިންނެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް