ads
މޫސާ ވަސީމް---
މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި މޫސަ އިސްތިއުފާ ދީފި
ދިވެހިންގެ ގައުމީ އެއާލަން ކަމަށްވާ މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އަދި ކޮމިއުނިކޭޝަން މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި މޫސާ ވަސީމް އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މޫސާ ވަސީމް މަގާމުން އިސްތިއުފާ ދެއްވާފައިވާ ސަބަބު ހާމަކޮށްފައި ނުވެއެވެ. އެހެން ނަމަވެސް އެމަގާމުން ވަކިވާން ވެގެން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މޫސާ ވަސީމް ވަނީ ނޯޓިސް ފޮނުވާފައެވެ. 

މޫސާ ވަސީމް އެމަގާމަށް އައްޔަން ކުރީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. 

އެމަގާމުން މޫސާ ވަސީމް އިސްތިއުފާ ދެއްވާފައި ވާއިރު، ގައުމީ އެއާލައިންގެ މާލީ ހާލަތު ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. 

މޯލްޑިވިއަން އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ވެސް 99.6 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައި ވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

މޯލްޑިވިއަންގެ ހާލަތު ދަށްވުމާއި ގުޅިގެން ސަރުކާރުން އަންނަނީ ކުންފުނީގެ ހިއްސާ ވިއްކާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް