ads
އަނިޔާ ލިބޭ ކުދިންނާ ކޮންމެ މީހަކު ސުވާލުނުކުރަން އިލްތިމާސްކޮށްފި
އެކި ބާވަތުގެ އަނިޔާ ލިބޭ ކުޑަކުދިންނާ ސުވާލުކުރުމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫން ފަރާތްތަކުން އެ ކުދިންނާ ސުވާލު ކުރުމަކީ އެކުދިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި އެފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ލ. އަތޮޅު ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް އެކުއްޖާގެ ބައްޕަ ޖިންސީ ގޯނާ ކުރި ކަމަށް ބުނެ އެކަން ދިމާވި ކުއްޖާ އެވާހަކަ ކިޔައިދޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އާންމުވި އެވީޑިއޯގައި އެކުއްޖާ ކައިރި އަންހެނަކު ވަނީ އެކަން ދިމާވި ގޮތާ ގުޅޭގޮތުން ސުވާލުކޮށް ވަރަށް ތާފްސީލުކޮށް މައުލޫމާތު ހޯދާފަ އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސުވާލުކުރި އަންހެން މީހާއަށް ވަނީ އަމާޒުވެފަ އެވެ. 

މިވީޑިއޯ އާ ގުޅިގެން ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެކި ބާވަތުގެ އަނިޔާ ލިބޭ ކުޑަކުދިންނާ ސުވާލު ކުރުމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ނޫން ފަރާތްތަކުން އެފަދަ ކުދިންނާ ސުވާލު ކުރުމަކީ އެކުދިންނަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އެފަދަ އަމަލުތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ކުއްޖާގެ އައިޑެންޓިޓީ ހާމަވާ ގޮތަށް ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަކީ ކުއްޖާ އިތުރަށް ދެވޭ އަނިޔާއަކަށްވާތީ ކުޑަކުދިންގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށް ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

އާންމުވި ވީޑިއޯގައި ކުއްޖާ ބުނާ ގޮތުންނަމަ އެކުއްޖާ ދިރިއުޅެނީ "ތުއްތަ އާއި ދައިތަ" މެން ގޭގަ އެވެ. ބައްޕައާ ވަކިން އެހެން ގެއެއްގައި އުޅުނު ނަމަވެސް ކުއްޖާ ވަނީ ބައްޕަ އެގެއެއް އަންނަ ކަމަށް ބުނެފަ އެވެ. އަދި ގޭގައި އޭނާއަށް ޖިންސީ ގޯނާ ކުރަނީ ތުއްތަ ކަސްރަތު ކުލާހަށްދާ ވަގުތުގައި ކަމަށާއި އަދި ދައިތަ ނަމާދަށް އަރާ ވަގުތު ކަމަށް ވެސް ބުނެފަ އެވެ. 

މީގެއިތުރުން އެ ކުއްޖާ ވަނީ ބައްޕަ އެގެއަށް އިތުރަށް ނުވެއްދުމަށް ދައިތަގެ ކައިރީ އެދިފައިވީ ނަމަވެސް އެއްވެސް މީހަކު ކައިރީ ގެއަށް ނުވަނުމަށް ބުނަން ނުކުރޭނެ ކަމަށް ދައިތަ ބުނެފައިވާ ކަމަށްވެސް ކުއްޖާ ބުނެފައިވެ އެވެ. 

އެނގިފައިވާ ގޮތުގައި އާންމުވި މިއޯޑިއޯއާއެކު ކުއްޖާގެ ބައްޕައަށް މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ބަޔަކު ވިލިމާލެއިން ހަމަލާދީ ފައިވެ އެވެ. އަދި ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށްފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް