ads
ސުޕަރ ޔުނައިޓެޑުގެ ކުޅުންތެރިން
ޕްރެޒިޑެންޓްސް ކަޕް: ސަސް އަތުން އީގަލްސް ބަލިވެއްޖެ
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އަތުން ކްލަބު އީގަލްސް ބުރާސްފަތި ދުވަހު ބަލިވެއްޖެއެވެ.

ސަސް އާ، އީގަލްސް ކުޅުނު މެޗުން އީގަލްސް ބަލިވީ ދެ ލަނޑު ސުން ލަނޑުންނެވެ. މިއާއި އެކު މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް ކުޅުނު ތިން މެޗުންވެސް ބަލިވީއެވެ. ކުރިން އެ ޓީމުންވަނީ މާޒިޔާ އަތުން، އަދި ޓީސީ އަތުން ބަލިވެފައެވެ. 

ބުރާސްފަތި ދުވަހު ހަވީރު އީގަލްސް ކޮޅަށް ސަސްއިން ލަނޑުތައް ޖެހީ އިބްރާހީމް އަތީގް އަދި ޔަސްފާދު ހަބީބުއެވެ. 

ޕްރެޒިޑެންޓްސް ކަޕުގައި ތިން ބަލިވެފައިވާ އީގަލްސް ދެން ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީޢާ ދެކޮޅަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް