ads
ހަވާ އަރުވަނީ----
އާ އަހަރު ފާހަގަކުރަން މާދަމާ ރޭ ހަވާ އަރުވަނީ
އާ އަހަރު ފާހަގަކުރަން މާދަމާ ރޭ މާލޭގައި ހަވާ އަރުވަން ނިންމައިފި އެވެ.

ޑިސެންބަރު 31 ވަނަ ވާ ހުކުރު ދުވަހުގެރޭ 23:59 ގައި، ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. 

ހަވާ އަރުވާނީ އާ އަހަރުގެ ކައުންޑައުން އާއިއެކު ސީދާ 00:00 ޖެހުމާއިއެކު ހުޅުމާލޭގައެވެ. މާދަމާ ރޭ ހުޅުމާލޭގައި ހަވާ އަރުވަން ނިންމާފައިވާއިރު އާ އަހަރު ފާހަގަކުރުމަށް މާދަމާ ރޭ މިއުޒިކް ޝޯއެއް ވެސް އޮންނާނެއެވެ.

އެ ޝޯ ފެށޭނީ މާދަމާ ރޭ 20:30 ގައި ހުޅުމާލެ ޓްރެކް ސަަރަހައްދުގައެވެ. އާ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ބޮލީވުޑްގެ ލަވަކިޔުންތެރިޔާ އަންކިތު ރަޖެންދުރާ ކުމާރު ތިވާރީއާއިއެކު ހުޅުމާލޭގައި އޮންނަ މި ޝޯގައި އަންކިތުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ތަރިންވެސް ބައިވެރިވާނެއެވެ. އަންކިތު މިހާރުވަނީ ރާއްޖެއަށް އައިސްފައެވެ.

މި ޝޯ އިންތިޒާމުކުރަނީ ޔޫތު މިނިސްޓްރީންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް