ads
ބުލީގެ އަނދިރި ހަޔާތެއްގައި ކުއްޖެއް: ފޮޓޯ/ގޫގަލް
ބުލީގެ ޝިކާރައަކަށްވެ ތައުލީމުގެ ދަންމަރު ނިވުނު ގޮތް!
(ހަނގާ) "ބުލީ" ކުރުމަކީ ހަމައެކަނި ހިންދީ ފިލްމުތަކުން ފެންނަ މަންޒަރު ތަކެއްކަމަށް ބައެއް މީހުންނަށް ހީވި ނަމަވެސް، މިފަހަރު ކިޔައިދޭން މިއުޅެނީ ދިވެހި ރާއްޖޭގެ ރަށެއްގެ ސުކޫލެއްގައި ހިގައިދިޔަ ހަގީގީ ހާދިސާ އެކެވެ. މޮޅު ކާމިޔާބީ ތަކެއް ހޯދި ކުއްޖަކު، ބުލީގެ ޝިކާރައަކަށްވެ ނިމުން އައި ގޮތުގެ ވާހަކައެވެ.

އެއީ ދެހާހުގެ އަހަރުތަކުގެ މެދުތެރެ އެވެ. އުލާ ( އަސްލު ނަމެއްނޫން) ކިޔަވަމުން ދިޔައީ ގުރޭޑް އަށެއް ގައެވެ. އުލާ އަކީ ދެމަފިރިންގެ ތިބި ތިން ދަރިންގެ ތެރެއިން ދޮށީ ދަރި އެވެ. އުލާ މޮޅުކުއްޖަކަށް ހެދުމަކީ އޭނާގެ މަންމަ އާއި ބައްޕަގެ އެންމެ ބޮޑު ހުވަފެނެވެ.

އެގޮތުން އުލާ ކިޔެވުމަށް އެހެން ރަށެއްގެ ސުކޫލަށް ބަދަލުކުރީ ރަނގަޅު ކުރިމަގެއް ހޯދައިދީ މޮޅު، ތައުލީމް ލިބިފައި ހުރި ދަރިއަކަށް ހަދައިދިނުގެ އުއްމީދުގައެވެ. އަހަރަކީ 2000ގެ އަހަރުތައް ކަމަށް ވުމުން ޒަމާނުގެ ގޮތުން އޭރު ފެރީދަތުރު ކުރި ޒަމާނެއް ނޫނެވެ. 

އެރަށަކީ އަތޮޅު ތެރޭގެ އެހެން ރަށްރަށު ކުދިން ކިޔަވަން ބައިތިއްބާފައި ތިބޭ ރަށަކަށް ވުމުން މަދުން ނަމަވެސް ދޯނި ފަހަރު އެރަށަށް ގޮސް އައިސް ހަދައެވެ. އުލާގެ މަންމަ އާއި ބައްޕަގެ ދެލޯ ފަދަ ދަރިފުޅު ދެކިލުމަށް އެހެން މީހުން ފަދައިން މި ދެމަފިރިންވެސް ގޮސް އައިސް ހަދަ އެވެ. މައިންބަފައިން އެދޭ ފަދަ ދަރިއަކަށް ވުމަށް އުލާ ވެސް ގަދައަޅާ މަސައްކަތް ކުރަމުން ދިޔައެވެ. 

އަދި އާއިލާއަށް އުފާވެރިކަން ހޯދުމަށް، އުލާ ގަދައަޅާ ކުރި މަސައްކަތުގެ ފޮނި ކާމިޔާބީގެ އުފުލަގައި މައިންބަފައިން ތިބެނީ އަބަދު ވެސް ހެވިފައެވެ. ނަމަވެސް އެއުފާވެރި ކަމަށް ނިމުމެއް އަންނަން އުޅޭ ކަމަކަށް އުލާގެ މައިންބަފައިންގެ ހިތަކަށް ވެސް ނާރަ އެވެ. ވާނީ ވެސް އެހެންތާ އެވެ. ދަރިފުޅުގެ މައިންބަފައިން އެދޭ ފަދައިން ކިޔަވަމުން ދިޔައީ އެންމެ ގަދަ ވަނަތަކާއި، އޭރު އެންމެ މޮޅު ދަރިވަރަށް ލިބޭ ކޮމާންޑެޑް ކޮންމެ ޓާމަކުވެސް ހޯދަމުންނެވެ.

ސުކޫލުގެ ކިޔަވާ އެހެން ކުދިންނާއި އުލާގެ ކިޔަވުން އުޑާއި ބިމާހާ ތަފާތެވެ. ނަމަވެސް އުލާގެ މި އުފާ ވެރިކަން ބަނަވެގެން އައީ މަދު ދުވަސް ކޮޅެއްގެ ތެރޭގައެވެ. އެކުޑަ ކުޑަ އުލާގެ ދިރިއުޅުން ބަނަވެގެން އައީ ހިނދުކޮޅެއްގެ ވަގުތަކުން ދާއިމަކަށެވެ. 

your imageމޮޅު ކާމިޔާމިޔާބީ ހޯދުމުގެ އުއްމީދުގައި

އުލާ އަށް ކުރެވުނީ އެންމެ ކުށެކެވެ. އެކުށުގެ ސަބަބުން އޭނާގެ ތައުލީމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވެގެން ދިޔައެވެ. މަންމަ އާއި ބައްޕަ ހަމަޔަށް ތިބެ މޮޅު ތައުލީމް ދޭން ގަދަކަމުން ކިޔަވައި ދެމުން ދިޔަ ގިނަ ކުދިން ކިޔަވާ ތަނެއް ނުފެނެ އެވެ. އޭގެ ސަބަބުން އެމައިން ބަފައިންގެ ހިތުގައި އުލާ އަށް ނަފަރަތު ހުޅު ރޯވެގެން ދިޔަ އެވެ. ބާރުގަދަ ބެލެނެވެރިން ނުފޫޒު ސްކޫލްތެރެއަށް ވަދެ އުލާ ފަދަ ބީރައްޓެހި ކުއްޖަކު އެރަށުގެ ސްކޫލުގައި ނިކަމެތި ވެގެން ދިޔައެވެ.

އުލާ އޭނާގެ ވާހަކަ ހިއްސާ ކުރަމުން ހިތުގެ އުދާސްތައް ބަންޑުން ކޮށްލީ އޭނާ ކޮށްފައި ހުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ސްކޫލުގައި ބާއްވާ އިތުރު ހަރަކާތެއް ގައިވެސް އުލާ ބައިވެރި އެއް ނުކުރެ އެވެ. އެކި ގޮތްގޮތުން ބާކީ ކުރަމުން ދިޔައެވެ. ދަރިވަރުންގެ މަލާމާތާއި ފުރައްސާރައިގެ ދިލަހޫނުން އުލާ ހިތް ކުދިކުދި ވަމުން ދިޔައެވެ.

 އޭގެ އަސަރު އިސާހިތަކު އޭނާގެ ކިޔަވަމުން ފެންނަން ފަށައިފި އެވެ. އެންމެ މަތީ ވަނަތަށް ހޯދަމުން އައި އުލާއަށް ޒީރޯގެ ނަތީޖާއަށް ވެއްޓިގެން ދިޔައީ ބަރުދާސްތު ކުރަން ޖެހުނު ބުލީގެ ޝިކާރަ އަކަށްވެ، އަޅާލާނެ މީހަކު ނެތި ބީރައްޓެއްސެއްގެ ދަރަޖަ އާއި އެކުގައެވެ. 

އެ މޮޅު މައުސޫމް ކުއްޖާގެ ކިޔަވުން ހަރާބުވީ އެތަކެއް ޓީޗަރުންގެ އިހުމާލުންނެވެ. އުލާ ބުންޏެއެވެ. މިއަދު އެކަން ދަންނާނީ ފަހެ ކާކު ހެއްޔެވެ. މިއަދު އެކަމަށް ޒިންމާވާނެ އެކަކުވެސް ނެތެވެ. އަހަރެންގެ ލަގަބަކީ ނުކިޔަވާ ހުރި މީހެއްގެ ދަރަޖައެވެ.

މިއަދު އަހަންނަކީ ހެޔޮވިސްނޭ މީހަކީ މެވެ. ނަމަވެސް އެމީހުންގެ ކުރިމަތީ ބާކީ އެއް ނުވާނަމަ އެވެ. އެދެރަ ކުރި ދެރަކުރުމުން އިބްރަތް ލިބިގަނެ، ބާކީ ވެގެން ދިޔަ ވަގުތު އަނބުރާ އިޔާދަ ކުރާނަމައެވެ. އުއްމީދުގެ ތަޅުދަނޑި، އަތުގައި ހިފައިފި ކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ.

ހިނިވެސް ފަރުބަނދަ ކަނޑައެވެ. އުފަލަކަށް ފަހު ހިތާމައެކެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެކެވެ. އަހަރެން ބަދަލު ދޭނީ އުއްމިދަކާއި އެކީގައެވެ. އުލާގެ ހިތުގެ އުދާސްތައް އަސަރު ގަދަ ކަނޑިއެއް ފަދަ އެވެ. އުއްމީދުގެ ތީރު ވަނީ އަނިޔާވެރިނަށް ފޮނި މާމުއި ފަދަ ބުއިމަކުން ބަދަލު ހިފުމުގެ ރޫހެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް