ads
މާޅޮހުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށުން
ފެނާއި ނަރުދަމާގެ މަސައްކަތަށް އެމްޑަބްލިއުއެސްސީއަށް 154މިލިއަން ރުފިޔާގެ ލޯނެއް
ވިހި ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް އެޗްއެސްބީސީގެ ފަރާތުން 10 މިލިއަން ޑޮލަރު(154 މިލިއަން ރުފިޔާ)ގެ ލޯން ފެސިލިޓީއެއް ހަމަޖައްސައިދީފި އެވެ.

އެމްޑަބުލިއުއެސްސީން "ސީއެންއެމް" އަށް ބުނީ އެޗްއެސްބީސީގެ ފަރާތުން ހަމަޖައްސައިދިން ލޯނުގެ ބޭނުން ކުރާނީ ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ، އެ މަޝްރޫއުތަކަކީ 2023 ވަނަ އަހަރާއި ހަމަޔަށް 187 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަމަ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ބަޔެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފާއިތުވި 19 އަހަރު ތެރޭގައި ރާއްޖޭގެ ތަރައްގީ އަށް ކުރިއަށް ގެންދިޔަ އެކި މަސައްކަތްތަކުގައި އެޗްއެސްސީބީގެ ބައިވެރިވުން އެކިގޮތްގޮތުން ލިބިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް