ads
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ މަސައްކަތް ވަނީ ފަށާފައި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ ޢަމަލީ މަސައްކަތް ފަށއިފި
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތް ހެދުމުގެ ޢަމަލީ މަސައްކަތް ފަށއިފިއެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލުގެ އޯޕީޑީގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

މި އޯ.ޕީ.ޑީ އިމާރާތުގައި ބަލި މީހުން ބެލުމަށް ހާއްސަ 21 ރޫމަކާއި، ޓްރީޓްމެންޓް ރޫމަކާއި، ޕްރޮސީޖާ ރޫމަކާއި، އީސީޖީ ރޫމެއްގެ އިތުރުން އެކޯ ރޫމެއް ހަދާނެއެވެ. މި ޕްރޮޖެކްޓުގެ އަގަކީ

ގާތްގަނޑަކަށް 20.22 މިލިއަން ރުފިޔާގެ މި މަޝްރޫއު ހެލްތު މިނިސްޓްރީން އާ އެމްޓީސީސީ ހަވާލު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެއްބަސްވުމުގައިވާގޮތުން މި މަޝްރޫއުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. 

އެންމެ އުތުރުގެ ތިން އަތޮޅުގެ މީހުން ސިއްހީ ހިދުމަތް ހޯދުމަށް ގޮސް އުޅޭ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން މިވަގުތު އެއްފަހަރާ ފަރުވާ ދެވެނީ 36 މީހުންނަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް