ads
އީގަލްސްގެ ރާއިފް
ޕްރެޒިޑެންޓްސް ކަޕް: ތިން ބައްޔަށް ފަހު އީގަލްސްއަށް މޮޅެއް
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި، ޔުނައިޓެޑް ވިކްޓްރީއާ ކްލަބު އީގަލްސް ކުޅުނު މެޗުން އީގަލްސް މޮޅުވެއްޖެއެވެ.

މިއީ އާ ސީޒަންގައި މިހާތަނަށް ކްލަބު އީގަލްސް މޮޅުވި ފުރަތަމަ މެޗެވެ. ޔުނައިޓެޑް ވިކްޓަރީ އަދި އެންމެ މެޗަކުންވެސް މޮޅެއް ނުވެއެވެ. ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުން އީގަލްސް މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ.

މި މެޗުގައި އީގަލްސްއިން ޖެހި ލަނޑުތައް ޖަހާފައިވަނީ އަހްމަދު ހަސަން، އަލީ އަޒްވާން އަދި ހަސަން ރާއިފްއެވެ. ޔޫވީގެ ލަނޑުތައް ޖެހީ އަހްމަދު ބައްސާމް އަދި މުހައްމަދު އާރިފް- ބަކާއެވެ. ބަކާގެ ލަނޑަކީ ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. މިއީ ސީޒަންގައި ބަކާ ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. އީގަލްސް ދެން ކުޅެން ޖެހޭނީ ދަ ގްރާންޑޭއާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް