ads
ޅހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާން
މޭރީ މަރާލުމަށް ލަމްހާ ވަނީ އައިޖީއެމްއެޗްއިން ބޭހާއާއި އިންޖެކްޝަން ވަގަށް ނަގާފައި
ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ، އައިޖީއެމްއެޗުގެ ނަރުސް މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރާލުމަށް މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްއަށް އެހީތެރިވުމަށް އައިޖީއެމްއެޗުން ހުއްދަނެތި ނެރުން މަނާ ބޭސްތަކަކާއި އިންޖެކްޝަން ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ވަގަށް ނަގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
Advertisement

މޭރީ މަރާލިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އާއި ލޯބިވެރިޔާ ލަމްހާގެ މައްޗަށް ދައުވާކުރަުމަށް ޕީޖީ އޮފީހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. 

މެރީގެ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވަނީ

  • އެނގިހުރެ މީހަކު މެރުމުގެ ދައުވާ

ލަމްހާގެ މައްޗަށް އުފުލާފައިވާ 3 ދައުވާ

  1. އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން (އަސާސީ އަދަބު: 6 އަހަރަށް ޖަލަށްލުން)
  2.  އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާ (2 މަހާއި 12 ދުވަސް)
  3. ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން ( 2 މަހާއި 12 ދުވަސް)

އެކަމުގެ މައުލޫމާތު ހާމަކޮށް ޕީޖީ އޮފީހުުން މިއަދު ބުނީ  މެރީ މަރާލާފައިވަނީ އޭނާގެ ފިރިމިހާ މާވިން އާއި މާވިންގެ ލޯބިވެރިޔާ ލަމްހާ ދުރާލާ ރާވައިގެން 19 އޮކްޓޫބަރު 2021 ދުވަހު ކަމަށެވެ.  

އެގޮތުން 27 އޮކްޓޫބަރު 2021 ދުވަހު ލަމްޙާ ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗުން ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވެއެވެ. 

އަދި ހަމަ އެދުވަހު ލަމްޙާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއްވެސް ފެނިފައިވެއެވެ. މި ތަކެތި ލަމްހާ ނަގާފައިވަނީ އައިޖީއެމްއެޗުގެ ހުއްދަނެތި އެ ހޮސްޕިޓަލަށް އެނގުމެއްނެތި ކަމަށްވާތީ ލަމްހާގެ މައްޗަށް ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާވެސް އުފުލާފައެވެ. 

ޕީޖީ އޮފީހުން ބުނީ 19 އޮކްޓޫބަރު 2021 ވަނަދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މާވިންގެ އަންހެނުން، މޭރީ މަރާލުމުގައި ލަމްހާ އެހީތެރި ވެދީފައިވާ ކަމަށެވެ. އަދި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައި ވާކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މި ހުރިހާ ދައުވާއެއް ލަމްހާގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން 10 އަަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އުމުރުން 30 އަހަރުގެ މާވިންގެ މައްޗަށް އޭނާގެ އަންހެނުން މަރާލިކަމުގެ ކުށުގައި އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލާ ޕީޖީ އޮފީހުން ބުނީ މާވިން 19 އޮކްޓޫބަރު 2021 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލާފައިވާ ކަމަށެވެ.

މިކުށް ސާބިތު ވެއްޖެނަމަ މާވިންގެ މައްޗަށް ވެސް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

މި ދެމީހުން މިވަގުތު ތިބީ ޖަލު ބަންދުގައެވެ. 

64%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް