ads
މާލޭގައި މީގެކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން
މަގުމަތީ ބާޒާރު އަނެއްކާވެސް އެޗްޕީއޭއިން ހުއްޓުވައިފި
މަގުމަތީ ބާޒާރު ހުއްޓާލުމަށް އަނެއްކާވެސް އެޗްޕީއޭއިން މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
Advertisement

އެޗްޕީއޭގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ ބާޒާރު ހުއްޓާލުމަށް އެންގީ މިއަދު ހަވީރު އެސަރަހައްދުގައި ހިންގި އިންސްޕެކްޝަނަކަށް ފަހު ކަމަށެވެ.

ކޮވިޑްގެ ޙާލަތު މާލެ ސަރަހައްދުގައި ގޯސްވަމުންދާތީ، މާލެ ސަރަހައްދުގައި މަގުމަތީ ބާޒާރުތަކާއި، ގިނަ މީހުން އެއްވާ އިވެންޓްތަކާއި ހަފްލާތައް ނުބޭއްވުމަށް، 5 ޖެނުއަރީ 2022 ގައި މާލެ ސިޓީ ކައުންސިލްއަށް އެ އޭޖެންސީއިން ވަނީ އަންގާފައެވެ. 

އެހެންނަމަވެސް 6 ޖެނުއަރީއިން ފެށިގެން ނައިޓް މާރކެޓް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް، އަނބުރާ ނުލިބޭނެ ވަރަށްގިނަ ޚަރަދުތަކެއް ކޮށްފައިވާތީ، ފިހާރަތައް ހިންގަން އެ އޭޖެންސީއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް 6 ޖެނުއަރީ ގައި ހުއްދަ ދެވުނެވެ. 

އެހެން ނަމަވެސް އެއެޖެންސީން ބުނީ މިއަދު އެ އޭޖެންސީއިން ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި މިކަން ކުރިއަށްދަނީ މަގުމަތީ ބާޒާރެއް ގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރު ކުރުމާއި މާސްކް އެޅުމަށް ސަމާލުކަން ދީގެން ކަމަށް ނުވާތީ، އެބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް މިއަދު އަންގާފައިވާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް