ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމައިލް-
މިސަރުކާރުން ވިސްނަނީ ހައްގުގޮތުގައި އެންމެން ބައިވެރި ކޮށްގެން ޕްރޮޖެކްޓް ހިންގުން
މިސަރުކާރުން ވިސްނަނީ ހައްގުގޮތުގައި އެންމެން ބައިވެރި ކޮށްގެން ޕްރޮޖެކްޓް ހިންގަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ކެނޑިޑޭޓްގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިސަރުކާރު "ސްލޯތޯ؟"އެވެ. އެތައް ސަތޭކަ ޕްރޮޖެކްޓެއް މިހާރު ވެސް ހިނގަމަުންދާ ކަމަށް ވިދާޅުވެ، ފައްޔާޒު ވިދާޅުވީ ގިނަ ޕްރޮޖެކްޓްތައް ހަވާލު ކުރެވިފައިވަނީ އިދިކޮޅަށް ނިސްބަތްވާ ފަރާތްތަކާ ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ މަސައްކަތްތައް ހަވާލު ކުރާއިރު ބަލަނީ ހައްގުގޮތުގައި މަސައްކަތްތައް ހަވާލު ކުރަން ކަމަށާއި، ރާއްޖޭގެ ރައްޔިތުން ބައިވެރި ކޮށްގެން އެކަން ކުރަން ކަމަށެވެ. 

މިރޭ 8:30 ގައި ފެށި، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން އިފްތިތާހް ކުރުމުގެ ޖަލްސާ އަށް ރައީސް ސޯލިހުގެ އިތުރުން ބައެއް މިނިސްޓަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި، އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. 

އެމްޑީޕީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި ވާދަ ކުރަނީ އިދިކޮޅު ޕީޕީއެމްއާއި ދާދިފަހުން އުފެދުނު ސިޔާސީ ޕާޓީ އެމްއެންޕީންނެވެ. އެމްއެންޕީގެ ކެމްޕޭން އިފްތިތާހް ކުރުމުގެ ޖަލްސާ ރޭ ވަނީ ކޮމަންޑޫގައި ބާއްވާފައެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓާއެކު އެޕާޓީގެ ޓީމެއްވެސް ރޭ އެރަށަށް ވަނީ ގޮސްފައެވެ. 

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ ބައިއިލެކްޝަނެއް ބާއްވަން ޖެހުނީ އެދާއިރާގެ މެންބަރު ހުސެއިން ވަހީދު މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމާ ގުޅިގެންނެވެ.

ކާނަލް މުހައްމަދު ނާޒިމް އިސްވެ ހުނަވައި، އަލަށް އުފެއްދެވި ސިޔާސީ ޕާޓީ އެންއެމްޕީން އެދާއިރާއަށް ވާދަކުރައްވަނީ ކޮމަންޑޫއަށް ނިސްބަތްވާ އަބްދުލް ހަންނާނު އިދްރީސްއެވެ. ހަންނާނަކީ ގިނަދުވަސްތަކެއްވަންދެން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޕީޕީއެމްއިން ވާދަކުރަނީ އެޕާޓީގެ މެންބަރު މޫސާ ފަތުހީ އެވެ. 

އިލެކްޝަނުން މިހާރު ވަނީ ވަގުތީ ލިސްޓް އާންމު ކޮށްފައެވެ. އަންނަމަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އިލެކްޝަނުން ބުނަނީ 3316 މީހުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް