ads
ވިޔަފާރިވެރިން މުޒާހަރާކުރަމުންދަނީ
މަގުމަތީ ބާޒާރު ބާއްވަން ހުއްދަދޭން އެދި ވިޔަފާރިވެރިން މުޒާހަރާ ކުރަން ފަށައިފި
މަގުމަތީ ބާޒާރު ބާއްވަން ހުއްދަދޭން އެދި ވިޔަފާރިވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.
Advertisement

މީގެ އިރުކޮޅެއް ކުރިން ވިޔަފާރިވެރިން މުޒާހަރާ ފަށާފައިވަނީ ރަސްފަންނު ސަރަހައްދުގައެވެ. 

ދެފަހަރަކަށް މަގުމަތީ ބާޒާރު ބާއްވަން އެޗްޕީއޭއިން ހުއްދަދިނެވެ. އެހެންނަމަވެސް ރޭގައި އަނެއްކާވެސް އެޗްޕީއޭއިން މާލެ ސިޓީ ކައުންސިލަށް އަންގާފައިވަނީ މަގުމަތީ ބާޒާރު ހުއްޓުވުމަށެވެ.

އެޗްޕީއޭގެ މީޑިއާ އޮފިޝަލް ސީއެންއެމްއަށް ވިދާޅުވީ ބާޒާރު ހުއްޓާލުމަށް އެންގީ އިއްޔެ ހަވީރު އެސަރަހައްދުގައި ހިންގި އިންސްޕެކްޝަނަކަށް ފަހު ކަމަށެވެ.

ކޮވިޑްގެ ޙާލަތު މާލެ ސަރަހައްދުގައި ގޯސްވަމުންދާތީ، މާލެ ސަރަހައްދުގައި މަގުމަތީ ބާޒާރުތަކާއި، ގިނަ މީހުން އެއްވާ އިވެންޓްތަކާއި ހަފްލާތައް ނުބޭއްވުމަށް، 5 ޖެނުއަރީގައި މާލެ ސިޓީ ކައުންސިލްއަށް އެ އޭޖެންސީއިން އެންގިއެވެ.

އެހެންނަމަވެސް 6 ޖެނުއަރީއިން ފެށިގެން ނައިޓް މާރކެޓް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުން އެކަމަށް ތައްޔާރުވުމަށް، އަނބުރާ ނުލިބޭނެ ވަރަށްގިނަ ޚަރަދުތަކެއް ކޮށްފައިވާތީ، ފިހާރަތައް ހިންގަން އެ އޭޖެންސީއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް 6 ޖެނުއަރީ ގައި ހުއްދަ ދެވުނެވެ. 

އެހެން ނަމަވެސް އެއެޖެންސީން ބުނީ އިއްޔެ އެ އޭޖެންސީއިން ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި މިކަން ކުރިއަށްދަނީ މަގުމަތީ ބާޒާރެއް ގޮތަށް، އަދި މީހުން ތޮއްޖެހި ގައިދުރު ކުރުމާއި މާސްކް އެޅުމަށް ސަމާލުކަން ދީގެން ކަމަށް ނުވާތީ، އެބާޒާރު ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް އިއްޔެ އަންގާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް