ads
މިލާ ޕާކް ޒޫގައި ގެންގުޅުނު
ކޮވިޑް ޖެހިގެން ސްނޯ ލެޕާޑެއް މަރުވެއްޖެ
ބްލޫމިންޓަންގެ މިލާ ޕާކް ޒޫގައި ގެންގުޅޭ ސްނޯ ލެޕާޑެއް ކޮވިޑް ޖެހިގެން މަރުވެއްޖެ އެވެ.

ކޮވިޑް ޖެހިގެން މަރުވެފައިވަނީ 11 އަހަރުގެ "ރިލޫ" ނަމަކަށް ކިޔާ ސްނޯ ލެޕާޑަކަށެވެ. މިލާ ޕާކް ޒޫ އިން ބުނާ ގޮތުގައި އޭތި މަރުވުމުގެ ކުރިން ވަނީ ނިއުމޯނިއާގެ ސަބަބުން އުދަގޫތަކަކާއި ކުރިމަތިލާފައެވެ. 

އޮކްލަހޯމާ ސިޓީ ޒޫ އިން ރިލޫ އެ ޕާކަށް ގެނެސްފައިވަނީ 2011 ވަނަ އަހަރު އެވެ. . މިލާ ޕާކް ޒޫ އިން ބުނާ ގޮތުގައި ރިލޫ އެތަނުގައި ހޭދަކުރި އަހަރުތަކުގައި ކުޑަ ހަތް ލެޕާޑް ވިހާފައިވެއެވެ. އެއީ އެ ބާވަތުގެ ލެޕާޑްތައް ނެތިދިއުން ހުއްޓުވުމުގެ ޕްލޭނުގެ ދަށުން ކުރިއަށް ގެންދިޔަ ޕްލޭނެއް ކަމަށް އެ ޒޫއިން ބުނެއެވެ. 

މިިހާރު ދުނިޔޭގެ އުޅޭ ކަމަށް ބެލެވެނީ 4،000 އާއި 5،000 އާ ގާތްކުރާ ވަރަށް ސްނޯ ލެޕާޑެވެ. އެ ބާވަތުގެ ޖަނަވާރުތައް ނެތި ދިޔުމަށް މެދުވެރިވެފައިވަނީ ޝިކާރަކުރުން، ދިރިއުޅޭ ތަންތަން ނައްތާލުން އަދި މޫސުމަށް އަންނަ ބަދަލުތަކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް