ads
އަނިޔާވެރިކަމާއި ބަދަލުހިފުން އިސްނުކުރާތީ ނަޝީދުގެ ޝުކުރު އިމްރާނަށް
އަނިޔާވެރިކަމާއި ބަދަލުހިފުން އިސްނުކުރާތީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ޝުކުރު އަދާކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވާގޮތާއި މެދު އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، ހޯމް މިނިސްޓަރު އިމްރާން ވަނީ އެކަމާއި ގުޅިގެން މިއަދު ޓްވީޓެއް ކުރައްވާފައެވެ.

އެގޮތުން އިމްރާން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޔާމީން މާފުށީ ޖަލުގައި ހުންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބަހައްޓާފައިހުރި ތަނުގައި ކަމަށެވެ. އަދި އެތަނަށް ރައީސް ޔާމީން ލާފައިވަނީވެސް އެތަން އިތުރަށް މަރާމާތު ކުރުމަށް ފަހު ކަމަށް ވެސް އިމްރާންގެ ޓްވީޓްގައި ފާހަގަކޮށްފައިވެއެވެ.  

އިމްރާންގެ ޓްވީޓް ރިޓްވީޓް ކުރައްވާ ރައީސް ނަޝީދު ވަނީ، އަނިޔާވެރިކަމާއި ބަދަލުހިފުން އިސްނުކުރާތީ މިނިސްޓަރު އިމްރާނަށް ޝުކުރު އަދާކުރައްވާފައެވެ. 

88%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް