ads
މިރޭ ހަންނާނުގެ ކޮމަންޑޫ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރައްޔިތުންގެ ނިކަމެތިކަން ފެނިއްޖެ، އެއީ ހައްގު މިންވަރެއް ނޫން: ނާޒިމް
މިފަހަރު މިކުރެވުނު ދަތުރުގައި(ކޮމަންޑޫ ދާއިރާއަށް) ރައްޔިތުންގެ ނިކަމެތިކަން ފެނިއްޖެ ކަމަށާއި، މިފެންނަނީ ރައްޔިތުންނަށް ހައްގު މިންވަރު ނޫންކަމަށް އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިރޭ އެމްއެންޕީގެ ކެންޑިޑޭޓް ހައްނާނުގެ ކޮމަންޑޫ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ހަންނާނު އިދްރީސް އަކީ މީހުން ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބޭފުޅެއް ކަމުގައެވެ. ނާޒިމް ވިދާޅުވީ ކޮމަންޑޫ ދަރިންގެ ޝުޢޫރަކީ ބޭރު ރަށްރަށުގެ މީހުން އައިސް ރަށުން ފޭބުމަށް ނުގޮވޭނެ ގޮތްވުން ކަމަށެވެ. ހަންނާނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ރައީސް ވިދާޅުވީ ޙަންނާނަކީ ތަޢުލީމީ، ހުނަރުވެރި ވަރަށް ޤާބިލު ބޭފުޅެއްކަމަށެވެ. އަދި މިދާއިރާގައި މީހުން ނުދެކޭވަރުގެ، މީހުން ވަރަށް ގަދަރުކުރާ ބޭފުޅެއް ކަމަށެވެ. 

މިރޭ ކޮމަންޑޫގައި ހުޅުވުނު ޖަގަހައާއެކު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ވަނީ އެދާއިރރާގެ ކޮންމެ ރަށެއްގައި އެޕާޓީގެ ޖަގަހަ ހުޅުވާފައެވެ. އެދާއިރާގެ މަރޮއްޓާއި، ފޯކައިދޫގައި މިމަހުގެ 7 ވަނަދުވަހުވަނީ ޖަގަހަތައް ހުޅުވާފައެވެ. 

މިޖަގަހަތައް ހުޅުވުމާއެކު ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގައި ކެމްޕޭން ހަރަކާތްތައް ކުރިޔަށް ވުރެ ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް އެމްއެންޕީން ބުނެއެވެ.

މިރޭ ކޮމަންޑޫގައި ހަންނާންނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޕީގެ ލީޑަރޝިޕުގެ އިތުރުން ޕާޓީގެ މެންބަރުންނާއި ހަންނާނަށް ތާޢީދުކުރާ ދާއިރާގެ ގިނަ ރައްޔިތުން ވަނީ ބައިވެރި ވެފައެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޕީގެ ކެންޑިޑޭޓް ހަންނާން ވިދާޅުވީ ދާއިރާގެ ރައްޔިތުން ތިޔަ ހަވާލު ކުރައްވަން  ތައްޔާރުވަނީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއް ކަމާއި، މިމަސައްކަތުގައި އޭނާ ކާމިޔާބު ހޯދައި، ރައްޔިތުންނަށް ދިމާވާ ހުރިހާ ކަންކަމުގައި ޕާޓީގެ ލީޑަރޝިޕާއެކު ރައްޔިތުންނަށް އެހީތެރިވުމުގައި ހުންނާނެ ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ މިމަސައްކަތް ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށްވެސް ހަންނާނު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް